ads
އިންޑިޔާގެ ހިލޭ އެހީގެ ދަށުން ތިން ސްކޫލެއްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓް އެޅުން އިފްތިތާހު ކުރުމުގެ ތެރެއިން
ތިން ސްކޫލެއްގައި އިންކްލޫސިވް ސަޕޯޓް ޔުނިޓް އެޅުމަކީ ބޮޑު ކުރިއެރުމެއް: ދިއްދޫ ކައުންސިލް
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ކްލާސްރޫމްތަކެއް ރާއްޖޭގެ ތިން ރަށެއްގައި ހެދިގެން ދިއުމަކީ ސަރުކާރުން ތައުލީމަށްދޭ އަހަމިއްޔަތު ވަރަށް ބޮޑަށް ފާހަގަވެގެންދާ ކަމެއް ކަމަށް ހއ ދިއްދޫ ކައުންސިލުން ބުނެފި އެވެ.

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގެ ސްކޫލުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓްތައް އެޅުމަށް މިއަދު ވަނީ އެއްބަސްވެ ބިންގާ އަޅާފަ އެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ ހއ ދިއްދޫ އަތޮޅު ތައލީމީ މަރުކަޒުގަ އެވެ. 

މި ޔުނިޓުތައް އަޅަނީ ހއ. ދިއްދޫގައި ހުންނަ ހއ. އޭއީސީއާއި ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގެ އިތުރުން ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުގައެވެ. 

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ހއ ދިއްދޫ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު އަބުދުﷲ ވަހީދު ވިދާޅުވީ ރާއްޖޭގެ ތިން ރަށެއްގެ ސްކޫލެއްގައި އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް އެޅުމަށް އިންޑިޔާ ސަރުކާރުން ނިންމެވުމަކީ މިފަދަ ދަރިވަރުންނަށް ކިޔަވައިދުނުމުގައި ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. 

ހއ އަތޮޅުގައި ހާއްސަ އެހީއަށް ކިޔަވައިދޭ މަރުކަޒެއް ހުރީ ހަމައެކަނި އެއަތޮޅު ދިއްދޫގައިކަން ފާހަގަކުރައްވަމުން ހއ އަތޮޅު މަދަރުސާގެ ޕީޓީއޭގެ ނައިބްރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ވަހީދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގަިއ މީގެ ކުރިން އެހާބޮޑު ސަމާލުކަމެއް ދެވިފައި ނުވާ ކަމަށެވެ. 

"މިފަދަ ކުދިންނަށް ކިޔަވައިދިނުމުގައި މީގެ ކުރިން އެހާބޮޑު ސަމާލުކަމެއް ދެވިފައެއް ނެތް. މިއަތޮޅުގައިވެސް ހުރީ ހަމައެކަނި ދިއްދޫގަ މީގެ ކްލާސް ރޫމެއް. އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާއި ގުޅިގެން މި ކޮށްދެނީ ވަރަށް އަގުހުރި މަސައްކަތެއް ކަމުގައި ދެކެން." ވަހީދު ވިދާޅުވި އެވެ.

your imageއިންޑިޔާގެ ހިލޭ އެހީގެ ދަށުން ތިން ސްކޫލެއްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓް އެޅުން އިފްތިތާހު ކުރުމުގެ ތެރެއިން

ވަހީދު އިތުރަށް ވިދާޅުވީ ހއ އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކުލާސް ރޫމަކާއި އޮފީސް އިމާރާތެއް އިމާރާތް ކުރުމުގެ މަސައްކަތްވެސް މިވަގުތު ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މި މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ރާއްޖޭގެ ތިން ރަށެއްގެ ސްކޫލުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓްތައް އެޅުމަށް އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ހަމަޖައްސައިފައެވެ.

ހއ ދިއްދޫގެ އާބާދީގައި ގާތްގަނޑަކަށް 4700 މީހުން ދިރިއުޅެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް