ads
ފަޅުރަށެއް: ވަރުވާއަށް ދޫކުރުމުގެ ގަވާއިދެއްވަނީ އެކުލަވާލާފައި
އެންމެ އަގު ބޮޑީ މާލެ އަތޮޅުގެ ފަޅުތަކާ، ރަށްތައް
ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ހަދަން ކުއްޔަށް ދޫކުރާ ރައްތަކާ ފަޅުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ކުއްޔަށް ދޭ ރަށްތަކުގެ ތެރޭގައި ކ އަތޮޅުގެ ރަށްތަކާ ފަަޅުތައް ހިމެނިއްޖެއެވެ.

އެ އަތޮޅުުގެ ރަށެއް ފަށާ އަގު ފަސް މިލިއަން ޑޮލަރުގައި ހުރި އިރު، ފަޅެއްގެ ފަށާ އަގަކީ ތިން މިލިއަން ޑޮލަރެވެ. 

ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށްތަކަކީ ސަރުކާރުގެ މަޝްރޫތަކަށް ފައިސާ ހޯދުމަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްތަކެކެވެ. 

ފަޅުތަކުގެ އަގު: 

ނ.، ރ.، ބ. އަދި ޅ. ގެ ފަޅެއް ދެ މިލިއަން ޑޮލަރަށް އުޅޭއިރު، އއ.، އދ.، ވ.، މ.، ފ. އަދި ދ. އަތޮޅުގެ ފަޅެއް އުޅެނީ 1.5 މިލިއަން ޑޮލަރަށެވެ. ނ.، ރ.، ބ. އަދި ޅ އަތޮޅުގެ ފަޅެއް ދެ މިލިއަން ޑޮލަރަށެވެ. 

ރަށްތަކުގެ އަގު: 

ހއ.، ހދ.، ގއ.، ގދ.، ޏ.، އަދި ސ. އަތޮޅުގެ ރަށެއް  އެއް މިލިއަން ޑޮލަރަށް އުޅޭއިރު، ށ.، ތ. އަދި ލ. އަތޮޅު ގެ ރަށެއް އުޅެނީ 1.5 މިލިއަން ޑޮލަރަށެވެ. މ.، ފ. އަދި ދ. އަތޮޅު ގެ ރަށެއް އުޅެނީ ދެ މިލިއަން ޑޮލަރަށެވެ. އަދި ނ.، ރ.، ބ.، ޅ.، އއ.، އދ. އަދި ވ. އަތޮޅުގެ ރަށެއް އުޅޭނީ ތިން މިލިއަން ޑޮލަރަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް