ads
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ-- ފޮޓޯ: ދަ ނޭޝަނަލް
ކުރިއަށް ހުރި ދުވަސްތަކުގައި ލަންކާ ރައްޔިތުންނަށް 3 އިރު ކާނާ ނުލިބޭނެ!
ކުރިއަށް ހުރި ދުވަސްތަކުގައި ލަންކާގެ ރައްޔިތުންގެ ހާލު އިތުރަށް ގޯސްވާނެ ކަމަށާއި، ތިން އިރު ހަމައަށް ކާނެ އެއްޗެހިވެސް ލަންކާގެ ރައްޔިތުންނަށް ލިބުން ދަތިވާނެ ކަމަށް، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ހާލަތާއި ގުޅޭ ގޮތުން ޕަބްލިކް ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ރަނިލް ވިދާޅުވީ ލަންކާގެ ހާލަތު ގޯސްވެގެން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގައުމުގެ ހާލަތު ގޯސްވާން ފެށުމުން އައިއެމްއެފްގެ އެހީ ހޯދުމަށް ކުރިން ސަރުކާރުން ނޫޅުމުން ކަމަށެވެ. އަދި އެކަމުގެ ތަކުލީފު މިއަދު މުޅި ގައުމު އުފުލަން ޖެހިފައި ވާކަމަށް ރަނިލް ވިދާޅުވި އެވެ. 

ރަނިލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު ލަންކާގެ ހާލަތު ވަނީ ޔޫކްރެއިންގެ ހާލަތަށްވުރެ ވެސް ބޮޑަށް ގޯސްވެފައި ކަމަށާއި، ލަންކާ އަލުން އާރާސްތު ކުރުމަށް އެތައް ކަމެއް ކުރަން ޖެހިފައި ވާކަމަށެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ލަންކާގެ ހާލަތު މީން ދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެގެން ދާނެ ކަމަށްވެސް ރަނިލް ވިދާޅުވި އެވެ. 

މީގެ އިތުރުން ރަނިލް ވިދާޅުވީ، ކުރިއަށް ހުރި ދުވަސްތަކުގައި ލަންކާ ރައްޔިތުންނަށް ތިން އިރުގެ ކާނާ ހޯދުމަށްވެސް އުނދަގޫ ވާނެ ކަމަށާއި، އެގައުމުގެ ބޮޑު އިންސައްތަ ބައެއްގެ ވަޒީފާތައް ގެއްލިގެން ދާނެ ކަމަށެވެ. 

އެހެން ނަމަވެސް އެގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގައުމުގެ ހާލަތު ކުޑަކޮށް ރަނގަޅު ކުރެވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އަންނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާގެ ރައްޔިތުންނަށް ކެއުމަށް ބޭނުންވާ ތަކެތި ހޯދުމަށް މިހާރު ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ. 

އެހެންނަމަވެސް މި ކަންކަން ހާސިލް ކުރުމަށް އެގައުމުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުން ވާނެ ކަމަށް ރަނިލްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް