
ދެމީހުން ވަކިވާން ނިންމާ، އެކަން ރަސްމީކޮށް އިއުލާން ކޮށްފައި ވާއިރު، ދެ މީހުންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފަ އެވެ. އެއީ 2013 ވަނަ އަހަރު އުފަންވި މިލާން އާއި، 2015 ވަނަ އަހަރު އުފްންވި ސާޝާ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މީގެ ދުވަސްކޮޅެއް ކުރިން ޝަކީރާ ވަނީ ޕީކޭ އާއި ޕީކޭގެ ސިއްރު ލޯބިވެރިޔާ އާއި ހޮޓަލެއްގެ ތެރޭގައި ތިއްބާ އެތަނަށް ގޮސްފަ އެވެ. އަދި އެކަމުގެ ސަބަބުން ޝަކީރާ އިތުރަށް ޕީކޭ އާއި އެކު އުޅެން ބޭނުން ނުވާ ކަމަށާއި، އެހެން ނަމަވެސް ޕީކޭ ގުޅުން ކަނޑާނުލުމަށް އެދި އާދޭސް ކުރަމުން ދިޔަ ކަމަށްވަނީ ރިޕޯޓް ކޮށްފަ އެވެ.
އެހެން ނަމަވެސް އެ ދެމީހުން އެކުގައި ނެރުނު ބަޔާނުގައި ދުރުވާން ނިންމިކަން އިއުލާން ކުރި ނަމަވެސް ދުރުވާން ޖެހުނު ސަބަބުން ހާމަކޮށްފައި ނުވެ އެވެ.
ބަޔާނުގައި އެ ދެމީހުން ވަކިވާން ނިންމާފައި ވާކަން އިއުލާން ކޮށްފައި ވާއިރު، އެ ދެމީހުން އެންމެ އިސްކަމެއް ދޭނީ ދަރިންނަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި މިވަގުތު އެމީހުންނަށް އުނދަގޫވާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ދެމީހުން އެކުގައި ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.