ads
ޕާޓީން ރަސޫލާއަށް ފުރުސާރަކުރި ދެމީހުން---
ރަސޫލާ އަށް ފުރައްސާރަކުރި ބީޖޭޕީގެ މީޑިއާ ހެޑް ޕާޓީން ވަކިކޮށްފި
ރަސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި އިންޑިއާ ސަރުކާރުގެ މައި ޕާޓީ ބީޖޭޕީން ވެރިރަށް ނިއު ދިއްލީއަށް ކަނޑައަޅާފައި ހުންނަ އެ ޕާޓީގެ މީޑިއާ ހެޑް ޕާޓީން ވަކިކޮށް، އެ ޕާޓީގެ ތަރުޖަމާން ސަސްޕެންޑުކޮށްފި އެވެ.

އެ ޕާޓީގެ ތަރުޖަމާން ނުޕޫރު ޝަރުމާ ސަސްޕެންޑުކޮށް، މީޑިއާ ހެޑް ނަވީން ކުމާރު ޖިންދާލް ޕާޓީން ވަކިކޮށްފައިމިވަނީ، ރަސޫލާއަށް ބަދަބަސް ރައްދުވާގޮތަށް އެމީހުން ދެެއްކި ވާހަކައާއި ގުޅިގެން އަރަބި ގައުމުތަކުގެ ނުރުހުން ޕާޓީއަށާއި، އިންޑިއާގެ ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ. 

އެ ޕާޓީގެ ތަރުޖަމާން ނުޕޫރު ޝަރުމާ ވަނީ މީގެ 10 ދުވަސްކުރިން އެގައުމުގެ ޓީވީ ބަހުސެއްގައި ރަސޫލާއަށް ފުރުސާރަކޮށް ވާހަކަދައްކާފަ އެވެ. އަދި ކުމާރު ޖިންދާލް އެފަދަ ގޮތަކަށް ވާހަކަދައްކާފައިވަނީ، އޭނާގެ ޓްވީޓެއްގައެވެ. އެޓީވީޓަށް ފާޑުކިޔުންތައް އަމާޒުވެ، މައްސަަލަ ހޫނުވުމުން އޭނާގެ އެ ޓީވީޓު މިހާރު ވަނީ ޑިލީޓުވެސް ކޮށްލާފަ އެވެ.  

އެދެމީހުންނާއިމެދު ޕާޓީން ފިޔަވަޅު އަޅާފައިވާކަން ހާމަކޮށް ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީއަކީ ހުރިހާ ދީނަކަށް އިހުތިރާމުކުރާ ޕާޓީއެއް ކަމަށާއި، އެއްވެސް ދީނެއްގެ ސަހުޝިއްޔަތައް ފާޑުކިޔުމަކީ އެޕާޓީގެ އުސޫލެއް އަދި ބަލައިގަންނަ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެއީ އިންޑިއާގެ ސަރުކާރުގެ ވިސްނުމެއްވެސް ނޫންކަމަށް ބުނެފައިވެއެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް