ads
ޖޭއެސްސީގެ މެންބަރުން
ދެ ފަނޑިޔާރުންގެ މައްސަލަ: ޖޭއެސްސީން އިޖުރާތްތައް ހަމަނުކުރާތީ މެންބަރުންގެ ކަންބޮޑުވުން
ފަނޑިޔާރުންގެ މައްސަލައިގައި ޖޭއެސްސީން އިޖުރާތްތައް ފުރިހަމަ ނުކުރާތީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ވަނީ މީގެ ކުރިން އިއްތިފާގުނެ ނިންމާފައެވެ. 

މި މައްސަލައިގެ ރިޕޯޓު ހުށަހަޅުއްވަމުން ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިއާޒް ފަހުމީ ވިދާޅުވީ، ފަނޑިޔާރުންނަށް ޖަވާބުދާރީ ވާން ފުރުސަތު ދީފައިނުވާކަން ފަހަގަކުރެވޭ ކަމަށެވެ. 

އިންތިއަށްފަހު ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ އެނާ ދެކިލައްވަނީ ޖޭއެސްސީއަށް ރިޕޯޓު އަލުން ފޮނުވައި، "އިޖުރަތްތައް ފުރިހަމަ ކުރުމަށްފަހު" އަލުން މަޖިލީހަށް ހުށަހެޅުންޖެހޭކަމަށެވެ. 

އެމްޑީޕީއަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މި މަޖިލީހުންވެ އިޖުރާތްތައް ހަމަނުކުރާނަމަ 17 ވަނަ ރައްޔުތުންގެ މަޖިލީހާ 18 ވަނަ ރައްޔިތުންގެ މަޖިލީހާ އޮތް ތަފާތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. 

"މިވަގުތު ޖޭއެސްސީގައި ތި ތިއްބެވި ގިނަ މެންބަރުން ވަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާއުން ވަކިކުރީ ގާނޫނާ ހިލާފަށްކަމަށް ބުނެ މަގުމަތީ އަޑު ވެސް އުފުލާފަ،" -އަލީ އާޒިމް -

މި މައްސަލައިގައި ވާހަކަ ދަައްކަވަމުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެން ވިދާޅުވެފައިވަނީ ގާނޫނުގެ 25 ވަނަ މާއްދާގައި ބުނާގޮތަށް އިޖުރާތްތައް ފުރިހަމަކޮށް ފަނޑިޔާރުން ޖަވާބުދާރީ ވެސް ވެފައިވާކަމަށެވެ. 

މިއަދު މެންދުރު 13:30 ގައި މި ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓުލުމަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް