ads
ޝިފާ
ޖާދުގެ ނަށާ ގުރޫޕުން ޝިފާ ބޭރުކޮށްލައިފި
މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ނެށުންތެރިއާ ޖާދުﷲ އިސްމާއިލް އިސްވެގެން ހަދާފައިވާ ފިލްމީތަރިންގެ ނަށާ ގުރޫޕުން ޓިކްޓޮކްސްޓާ އަދި ފިލްމީތަރި މަރިޔަމް ޝިފާ ބޭރުކޮށްލައިފިއެވެ.

މިއަދު ޖާދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ "އެއްޖިންސުން ގުޅުން ހިންގާކަމަށް ޝިފާ އިއުތިރާފު" ވެފައިވާކަމަށެވެ. 

އެހެންކަމުން އޭނާ ނަށާ ގުރޫޕުން ބޭރުކޮށްލީކަމަށެވެ. 

"މިއީ އެ ގްރޫޕްގައި ހިމެނޭ އެހެން މީހުންގެ އަބުރަށްވެސް ހުތުރުވެދާނެ ކަމެއް ކަމަށާއި، މިފަދަ ކަންކަން ކުރާ މީހުންނަށް ފުރުސަތު ނުދޭނެ" ޖާދު ފޭސްބުކްގައި ބުނެފައިވެއެވެ. 

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ޝިފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއްވެސް ވަނީ އާންމުވެފައެވެ. 

މި ތުހުމަތުތަކާ ގުޅިގެން ޝިފާއަށް ގުޅަން ކުރި މަސައްކަތުން އޭނާއަށް އަދި ގުޅިފައެއް ނުވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް