ads
ނިއުއާ ވިކްޓްރީ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ވިކްޓްރީގެ ސަސްޕެންޝަން އުވާލައިފި، ނިއުއަކަށް އަދި ފުރުސަތެއް ނެތް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން މިއަދު އުވާލައިފިއެވެ.

ވިކްޓްރީގެ ސަސްޕެންޝަން އުވާލީ މިއަދު މެންދުރު ފަހު އޮތް އެފްއޭއެމްގެ ކޮންގްރެސްގައެވެ. ވިކްޓްރީގެ ސަސްޕެންޝަން އުވާލިއިރު އެ ޓީމުންވަނީ އެ ޓީމުން ކުޅުންތެރިންނަށް ދޭން ޖެހޭ ދަރަނި ޚަލާސްކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވިކްޓްރީ ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް މުސާރަ ނުދީގެންނެވެ.

ވިކްޓްރީގެ ސަސްޕެންޝަން އެފްއޭއެމުން އުވާލި ނަމަވެސް، ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލާފައެއް ނުވެއެވެ. އެހެންނަމަވެސް ނިއުގެ ސަސްޕެންޝަނާ ގުޅިގެން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށްވަނީ ސަސްޕެންޝަން އުވާލުމުގެ ބާރު ކޮންގްރެސްއިން ދީފައެވެ. ކޮންގްރެސްއިން ނިންމާފައިވަނީ ނިއު ރޭޑިއަންޓުން އެ ކްލަބްގެ ދަރަނި ދެއްކިހާ އަވަހަށް ސަސްޕެންޝަން އުވާލުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް