ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޝަމްވީލް ގާސިމް (ބޮންޑާ)
ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ބޮންޑާ ކައުންސިލް އިންތިހާބުގައި ވާދަކުރަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ނިންމައިފި އެވެ.
Advertisement

ޝަމްވީލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ވީޑިއޯ އެއްގައި އޭނާ ބުނެފައިވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާއަށް ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ހުރިހާ އެންމެން އޭނާ އަށް ވޯޓު ދިނުމަށްވެސް ޝަމްވީލް ވަނީ އެދިވަޑައިގެންފަ އެވެ. 

ޝަމްވީލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. 

ކައުންސިލް އިންތިހާބުގައި ޝަމްވީލް ވާދަކުރަން ނިންމާފައިވީ ނަމަވެސް ސިޔާސީ ހަރަކާތްތަކުން އޭނާ މީގެކުރިން ފެނިފައެއް ނުވެ އެވެ. 

އައްޑޫގައި އުފެދުނު އެންމެ މަޝްހޫރު އަދި އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބޮންޑާ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު މިދިޔަ ދުވަސްތަކުގައި ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ސްޕޯޓްސް ފިޝިންގެ ދާއިރާ އިންނެވެ. 

ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ ޝަމްވީލް ވަނީ ވެލެންސިއާ، ނިއުރޭޑިއަންޓް، ޓީސީ އަދި ވީބީ އަށް ކުޅެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް