ads
ފުލުހުންގެ ޓީމެއް މަގުމަތީގައި ހަރަކާތްތެރިވަނީ
ބަރަހަނާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
ދިވެހި ދެ އަންހެނުންކަމަށް ބުނާ ދެ އަންހެނަކު ބަރަހަނާ ވެގެން އުޅޭ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
Advertisement

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން އެ ވީޑިއޯއިން ފެންނަމީ، ޓިކްޓޮކުން ދިވެހިންގެ މަގުބޫލުކަމެއް ހޯދި މަރިޔަމް ޝިފާ އާއި އިތުރު އަންހެނެކެވެ. 

ޝިފާ އާއި އިތުރު އަންހެނަކު ބަރަހަނާކޮށް ތިބެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައި ވާކަމަަށް ބުނާއިރު، މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ނެށުންތެރިއާ ޖާދުﷲ އިސްމާއިލް އިސްވެގެން ހަދާފައިވާ ފިލްމީތަރިންގެ ނަށާ ގުރޫޕުން ޝިފާ ބޭރުކޮށްލާފައި ވާކަމަށް ޖާދުﷲ ވަނީ ބުނެފަ އެވެ. 

އިއްޔެ ޖާދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ "އެއްޖިންސުން ގުޅުން ހިންގާކަމަށް ޝިފާ އިއުތިރާފު" ވެފައިވާކަމަށެވެ. 

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ބަރަހަނާ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ބަލަމުން އަންނަ ކަމަށެވެ. 

ފުލުހުންގެ ގާނޫނުގައި ވާގޮތުން އާއްމު މަސްލަހަތައް ގެއްލުންވާ ކަންކަން އަމިއްލަ އަށް އިސްނަގައިގެން ފުލުހުންނަށް ބެލުމުގެ ބާރެއް ލިބިފައިނުވެ އެވެ. 

36%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް