
އެނގިފައިވާ ގޮތުގައި މިމައްސަލަ އެކޮމިޝަނުން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޖުކޯޕަރޭޝަނުން ފުލުހުންނަށް ހުށަހަޅާފައިވަނީ ނާޒިމް އެކޯޕަރޭޝަންގެ ވަޒީފާއިން ވަކިވެގެން ދަމުން ކޯޕަރޭޝަނުން އޭނާގެ މަސައްކަތަށް އޭރު ދޫކޮށްފައިވާ ލެޕްޓޮޕް ގެންދިޔަ މައްސަލައެވެ.
މިއީ ދައުލަތުގެ މުދަލަކަށް ހިޔާނާތްތެރިވުންކަމަށް ބުނެ ލެޕްޓޮޕް އަނބުރާ ހަވާލުކުރުމަށް ހައްޖުކޯޕަރޭޝަނުން ނާޒިމްއަށް އެންގުމުންވެސް ޕެލްޓޮޕް ހަވާލުކުރުމަށް ނާޒިމް ދެކޮޅު ހަދާފައިވާކަމަށް ފުލުހުންނަށް ހުށައެޅި މައްސަލާގައި ހައްޖުކޯޕަރޭޝަނުން ބުނެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ނާޒިމް ގެންދިޔަ ލެޕްޓޮޕަކީ އެކޯޕަރޭޝަންގެ ކަސްޓަމަރުންގެ ޒާތީވަރަށް ގިނަ ޒާތީ މައުލޫމާތުވެސް ހުންނޭނެ ލެޕްޓޮޕެއްކަމަށާއި ފުލުހުން މެދުވެރިވެ އެ ލެޕްޓޮޕް ހޯދުމަށް ހައްޖުކޯޕަރޭޝަނުންވަނީ ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޖުކޯޕަރޭޝަންއިން ލެޕްޓޮޕެއް ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދައްކަމުން ނާޒިމް ބުނީ، ހައްޖު ކޯޕަރޭޝަން އިން އޭނާއާއި ލެޕްޓޮޕް ހަވާލު ކުރީ މީގެ ތިން އަހަރު ކުރިން ކަމަށާއި، އޭގެ ފަހުން އެ ލެޕްޓޮޕް ހަލާކުވެ މައްސަލަތައް ޖެހުމުން އެ ލެޕްޓޮޕް އަމިއްލަ އަށް ހަދާފައިވާ ކަމަށެވެ. އަދި އެ ލެޕްޓޮޕް ކޯޕަރޭޝަން އިން ހަވާލު ކުރި ގޮތަށް އަނބުރާ ނުދެވޭނެ ކަން މަގާމުން ވަކިވި ދުވަހު ސިޓީ އަކުން ކޯޕަރޭޝަނަށް އެންގި ކަމަށްވެސް ނާޒިމް ބުންނެވެ. އަދި ބަދަލުގައި ލެޕްޓޮޕް އަށް ވާ ފައިސާ ދައްކަން ސިޓީއަކުން ކޯޕަރޭޝަނަށް އެންގި ކަމަށް ނާޒިމް ބުންޏެވެ.
އެހެންނަމަވެސް ދައުލަތުގެ އިދާރާތަކުގެ ހަރުމުދާ ގެންގުޅުމާ ބެހޭ އާއްމު އުސޫލުގެ ދަށުން މުދަލަށް ބަދަލެއް ގެނެވުނަސް އެ މުދާ ހަވާލު ކުރަން ޖެހޭނެ އެވެ. އަދި މުދަލުގެ އަގު މަގުކޮށް ވިއްކުން އެއީ ދައުލަތުގެ އިދާރާތަކުގެ ހަރުމުދާ ގެންގުޅުމާއި ބެހޭ އާއްމު އުސޫލުގެ ދަށުން މަނާ ކަމެކެވެ.