ads
މައުމޫން ހަމީދު(ވ)--
ބިލު ފާސްވެއްޖެނަމަ ބާ ކައުންސިލްގެ މަސްއޫލިއްޔުން ބައެއް ޖޭއެސްސީއަށް ދާނެ: މައުމޫން
ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި ނަމަ، ފަނޑިޔާރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނީ ވަކީލުކަން ކުރުން މަނާވާގޮތަށް ބިލު ފާސްކޮށްފި ނަމަ ބާ ކައުންސިލްގެ މަސްއޫލިއްޔަތުން ބައެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދާނެކަމަށް، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފި ނަމަ، އެ މީހެއްގެ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާ ގޮތަށެވެ. އަދި އެ ހިސާބުން އިސްތިއުފާ ދިނަސް، ހުއްދަ ބާތިލްވާ ގޮތަށެވެ.

މައުމޫން މިއަދު ވިދާޅުވީ، މި އިސްލާހުގައި ވާގޮތުން ބާ ކައުންސިލުން ދޫކުރާ ބައެއް ލައިސަންސުތައް ބާތިލްކުރުމުގެ ބާރު ޖޭސްސީއަށް ދެވެނީކަމަށެވެ.  

ގާނޫނީ ފަންނުގެ ގާނޫނަށް ގެންނަ މި އިސްލާހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިން އެވެ. 

އިކްރާމް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީއިން މަޖިލީހަށް ހުށަހެޅުމުން، ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލް ވާނެ ކަމަށެވެ. އެ ހުއްދަ ބާތިލް ކުރެވިއްޖެނަމަ އެ މީހަކަށް ދެން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، މަގާމުން ވަކިކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ވުމަށް ފަހު އަލުން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ފަނޑިޔާރަކު ވަކިކުރެވެނީ، ފަނޑިޔާރު ކަމުގެ މަގާމާއި އެކަށީގެންނުވާ ބޮޑު އަމަލެއް ކުރިކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެއްޖެނަމަ އޭނާއަށް ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ނުދިނުމަށްވެސް އިސްލާހުގައި ކަނޑައަޅާފައިވެ އެވެ. އަދި ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއިން މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދިނަސް އެ މީހަކާއި މެދު އެއް އުސޫލެއް ހިނގާނެ ކަމަށް މަޖިލީޖަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ ބުނެފަ އެވެ.

"އެކަށިގެންނުވާ ބޮޑު އަމަލެއްގެ" ގޮތުގައި ބެލެވޭނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ފަރާތަކުން ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭފަދަ ބޮޑު އަމަލެއް ކަމުގައި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށް ވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް