ads
ނަހުލާ އަލީ
ވިލިމާލޭގައި އަލްހާ އީދު ކުލަގަދަކޮށް މިފަހަރު ފާހަގަ ކުރަން ނިންމައިފި
މި އަހަރުގެ އަލްހާ އީދު ވިލިމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައި ވާކަމަށް، މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ މެންބަރު ނަޙުލާ އަލީ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ، ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައި ވާކަމަށާއި، އީދު އުފަލުގައި މާލެއާއި ހުޅުމާލޭގެ ރައްޔިތުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. 

ވިލިމާލޭގައި ކުރިއަށް ގެންދާ ބޮޑު އީދުގެ ހުރިހާ ހަރަކާތަކަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ، އަމިއްލަ އަށް ކަމަށާއި، މިކަމަކީ ރައްޔިތުންގެ އުފަލަށްޓަކައި ކުރާ ކަމެއް ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ އެކުވެރިކަން އިތުރަށް އާލާވެގެން ދާނެ ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނަހުލާ ވިދާޅުވީ، އީދު ދުވަހު ކުޑަކުދިންގެ ހަވީރަކާއި، ހަވާ އެރުވުމާއި، މިއުޒިކް ޝޯއެއް ވިލިމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށާއި، އީދުގެ އުފަލުގައި މިއުޒިކް ޝޯއަކާއި، ސަގާފީ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ. މީގެ އިތުރުން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ފުޓްސެލް މުބާރާތެއްވެސް އީދާއި ދިމާކޮށް ކުރިއަށް ގެންދަން ނިންމާފައި ވާކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ އިތުރަށް ވިދާޅުވީ، މިކަމާއި ގުޅިގެން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި، ހަވާ އެރުވުމަށް ނަގަންޖެހޭ ހުއްދައަށް އެދި، އެމްއެންޑީއެފް އަށް މިހާރު ހުށަހަޅާފައި ވާކަމަށެވެ. 

ވިލިމާލޭގައި އީދު ފާހަގަ ކުރުމަށް ނިންމާފައި ވާއިރު، އެކަމާއި ގުޅިގެން އެރަށުން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވަނީ ރަށުގައި ތިބެ އީދު އުފަލުގައި ބައިވެރިވެވޭތީ އިތުރު އުފަލެއް ލިބިފައި ވާކަމަށް ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންގެ ކުރީގެ ރިވެތި އާދަކާދަތައް އިއާދަ ކުރެވިގެން ދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް