ads
ރައީސް އިއްޔެ ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ރައީސްގެ ޕްރެސް: އުފާވެރިކަމާއި ބިރުވެރިކަން
ނުވަ މަސް ދުވަހަށްފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އިއްޔެ ހަވީރު ނޫސްވެރިނާއި ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި ރައީސް ވަނީ ރާއްޖޭގެ ގިނަ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޕްރެސް ކޮންފަރެންސް ފެށިގެން ފުރަތަަމަ ވެސް ދެއްކެވީ އިގްތިސާދަށް ދިމާވާން އޮތް "ބޮޑު ވިލާގަނޑު" ގެ ވާހަކައެވެ. އެކިފަހަރު އެކި ގޮތްގޮތައް އެކި މައުލޫތަކަށް ދެއްކެވި އިގްތިސާދީ ވާހަކަތަކުގެ އަސްލަކީ އިގްތިސާދީ ގޮތުން ދުނިޔެ ދެކެންފަށާފައިވާ އިގްތިސާދީ ބޮޑު "ސުނާމީ" އާއި ދިމާލަށެވެ. 

ރައީސް ވަނީ އަވަށްޓެރި ސްރީލަންކާގެ އިގްތިސާދަށް ވީގޮތަށް، ދިވެހިރާއްޖެ ރިޒާވް ހުސްވެ، "ބަނގުރޫޓު" ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދު ވެސް ކުރިއަރަމުން އަންނަކަމަށެވެ. ސަރުކާރުން ދަރަނިވެސް މެނޭޖުކުރަމުން އަންނަކަމަށެވެ. 

އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަަށް ދިމާވެދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "މުސާރަ ނުދެވިގެން އަމިއްލަ ވިޔަފާރިވެރިންގެ އަތުން ފައިސާ ނަގައިގެން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ" ދޭންޖެހޭވަރު ނުވާނެކަމަށެވެ. 

ރަޝިޔާ އަކީ ދުނިޔޭގެ ތެލުގެ ބާޒާރުގައި މުހިންމު ގައުމެކެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ. ރަޝިޔާއިން ޔޫކްރެއިން އަށް އަރާ ކުރަންފެށި ހަނގުރާމައިގެ ސަބަބުން، ގޭހުގެ އަގު ވަނީ 35 އިންސައްތަ އުފުލިފަ، އެވެ. 20 އިންސައްތަ އަށް ތެލުގެ އަގު އުފުލިފައެވެ. ކޯލްގެ އަގު 40 އިންސައްތައަށް އުފުލިފައެވެ.

ޔޫކްރެއިން އަކީ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ މާކެޓަށް އެކްސްޕޯޓުކިރާ އެންމެ ބޮޑު އެއްގައުމުވެ. މި ހަނގުރާމަ ފެށިފަހުން ގޮވާމުގެ ބާވަތްތަކުގެ އަގު ވަނީ 17 ޕަަންޓަށް އުފުލިފައެވެ. 

ނަމަވެސް ރައީސް އިއްޔެ ވިދާޅުވީ ދިވެހިރާއްޖޭގެ ޔޫސަބަލް ރިޒާވުގައި އެކަށީގެންވާ ފައިސާ އެބަހުރި ކަމަށެވެ. އަހަރު ނިމެން ދެން ވެސް ޔޫސަބަލް ރިޒާވުން ތެލާއި ކާޑުގެ ބާވަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

ރައީސް ވިދާޅުވީ ދިވެހިރާއްޖެ އިތުރަށް ދަރަނިވާގޮތަށް ފައިސާ ނަގައިގެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުންވެސް މަޑު ޖައްސާލާފައިވާކަމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައި ދަތި ޙާލަތުގައިވެސް ރާއްޖޭގެ އިޤްތިސަދު ރަނގަޅަށް ބެލެހެއްޓުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ މިހާރު ދުނިޔޭގައި ހިނގާ ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގައި ތެލާއި، ކާޑާއި، މުދަލުގެ އަގު ބޮޑުވަމުންދިޔަ ކަމުގައިވިޔަސް ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ.

ކަންބޮޑުވުން އޮތީ ކޮންކަމެއްގަ؟ 

ރާއްޖޭގެ ދަރަނި 99 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. ތެދެކެވެ. ރައީސް ސާލިހުވެސް އެ ވިދާޅުވާގޮތަށް 99 ބިލިއަން ރުފިޔާއަށް ދަރަނި އެރިއިރު އެ ދަރަނީގެ ޒިންމާ ނަގަންޖެހޭނީ މި ސަރުކާރުން އެކަންޏެއް ނޫނެވެ.

ސޮވްރިން ބޮނޑު ވިއްކައިގެންނާ، ޑައިރެކްޓް ލީޒްގެ ގޮތުގައި ވެސް ސަރުކާރުތަކުން ދިޔާއީ ދިވެހި ދައުލަތުގެ ބޮލުގައި އެޅޭގޮތައް ދަރަނިނަނަގަމުންނެވެ. 

ދުނިޔޭގެ މަޝްރަހު ދައްކާގޮތުން، ޔޫކްރެއިން ހަނގުރާމައިގެ ހޫނުކަން އަންނަނީ ގަދަވަމުންނެވެ. މި ހޫނު ގަދަވާ މިންވަރަކަށް ޔޫރަޕްގެ ގައުމުތަކުން އަންނަނީ މައްސަލައިގެ ތެރެެއަށް ވަންނަމުންނެވެ. 

ދެ ވަނަ ބޮޑުހަނގުރާމައަށްފަހު އައި ފިނިހަނގުރާމައިގެ ހުރިހާ ސްޓޭޖެއް މިވަނީ ނިމިފައެވެ. 

ހަނގުރާމަ ދިގުދެމިގެން ގޮސްފި ހާލަތެއްގައި ދިވެހިރާއްޖޭގެ ނާޒިކު އިގްތިސާދަށް އެ އަސަރު ކުރާނެއެވެ. ދުނިޔޭގެ އެހެންގައުމުތަކުން ހަނގުރާމައިގެ ތެެރެއަށް މިހާރަށްވުރެ ބޮޑަށް ވަދެއްޖެ ނަމަ ފަތުރުވެރިކަމަށް ވެސް އަސަރުކުރާނެެއެވެ. އިމްޕޯޓުކުރާ ތަކެތި ދަތިވެ އިންތިހާއަށް އަގު އުފުލޭނެއެވެ. 

ރައީސް ސާލިހު އިއްޔެ ވިދާޅުވިގޮތުން ދިވެހިރާއްޖެއިން 2026 ވަނަ އަހަރު، 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން އެބަޖެހެއެވެ. މި ދަރަނި ދެއްކުމަށް މި ސަރުކާރުން ދަނީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ފައިސާ ވެސް ޖަމާކުރަމުންނެވެ. 

"ސިޔާސަތުތަކަކީ ލިބޭ އާމްދަނީއަކުން ހަރަދުތައް ފުއްދުމާއި، ހަރަދުތައް ކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، ބޮޑެތި އާ މަޝްރޫއުތައް މިވަގުތައް ފެށުން ހުއްޓާލުމާއި، އާ ލޯނުތައް ނެގުން މަދުކުރުން،" -ރައީސް ސާލިހު-

ނަމަވެސް 2026 ވަނަ އަހަރު ވާނީ މުޅިން އައު ދައުރަކަށެވެ. އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނައިރު، މި ސަރުކާރުގެ "އެމްޑީޕީ" އިގްތިސާދީ ސިޔާސަތާއި ހިލާފު ބަޔަކު ވެރިކަމަށް އައިސްފިނަމަ ދެން ވާނީ ކިހިނެއްބާއެވެ؟ ސޮވްރިން ފަންޑަށް އެކަށީގެންވާ ފައިސާ އަޅަމުންދާނެ ބާއެވެ؟ 

ޔޫކްރެއިން ހަނގުރާމަ އިތުރަށް ހޫނުވެ، އިމްޕޯޓު މުދަލުގެ އަގާއި، ކާޑާއި، ތެލުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެނަމަ ރާއްޖެއިން ހަދާނީ ކިހިނެއް ބާ އެވެ؟ 

ރައީސް ވިދާޅުވާގޮތުން "އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަންލިބުން،" މެވެ. އަދި އެމްޑީޕީއަށް ވެރިކަން ހޯދަން ރައީސް ސާލިހަކީ ރަނގަޅު "ޗޮއިސްއެއް" ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށްވެސް ވިދާޅުވެފައެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް