ads
އިންޑިއާއިން ސިޓީ ކައުންސިލަށް ވެހިކަލް ހަދިޔާކުރުން-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލަށް އިންޑިއާއިން ވެހިކަލް ހަދިޔާކޮށްފި
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭ ސިޓީ ކައުންސިލަށް 16 ވެހިކަލެއް ދީފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ގުޅޭ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ސަރުކާރުގެ ފަރާތުން މި ވެހިކަލްތައް ހަދިޔާކުރިއިރު އެރަސްމިއްޔާތުގައި ވަނީ ފޮރިން މިނިސްޓާރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންފަ އެވެ. މި ވެހިކަލްތައް ސަންޖޭ ހަވާލުކޮށްދެއްވިއިރު އެ ވެހިކަލްތަަކާއި ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު، ޝިފާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ ސިޓީ ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް މެޝިންތަކާއި ހެވީ ވެހިކަލްތައް ބޭނުންވާ ކަމަށާއި އެހެންކަމުން މިވަގުތަށް ބޭނުންވާނެ ތަކެތި ކަނޑައަޅާފައި މިވަނީ އެކަމަށްޓަކައި ހާއްސަ އޮޑިޓެއް ހެދުމަށް ފަހު ކަމަށެވެ.

މި ރަސްމިއްޔާތުގައި ސަންޖޭ ވިދާޅުވެފައި ވަނީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ކުރިން ވެސް ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން ސަންޖޭ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އިންޑިއާއިން އެހީތައްވެދޭނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް