ads
އަލީ ރަމީޒާއެކު އިވެންޓު ޕޯސްޓަރެއް
ފަރެސްމާތޮޑާގައި ބާއްވަން ނިންމި "އަލީ ރަމީޒާއެކު" އިވެންޓަށް ހުރަސް އަޅައިފި
ޖަމިއްޔަތުލް ސަލަފުން ގދ. ފަރެސްމާތޮޑާގައި ރޭ ބާއްވަން ނިންމި ދީނީ ބައްދަލުވުމަށް އެ ރަށު ސްކޫލު ހޯލު ދިނުމަށްފަހު، އެންމެ ފަހުވަގުތުގައި އެ ހޯލު ދެވެން ނެތްކަމަށް އަންގާ އެ ހަރަކާތް ހުއްޓުވައިފި އެވެ.
Advertisement

"އަލީ ރަމީޒާއެކު" މި އިވެންޓަކީ ދީނީ ނަސޭހަތް ދިނުމަށް އަލީ ރަމީޒާއިއެކު ސަލަފުން ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތަށް ވަރަށް ގިނަ މީހުންގެ ތަރުހީބުވެސް ލިބެއެވެ.

ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން މި ހަފްތާގައި ފަރެސްމާތޮޑާގެ ސްކޫލު ހޯލުގައި ބާއްވަން ނިންމާފައި އޮތް މި ހަރަކާތައް އެންމެ ފުރަތަމަ އެ ރަށު ސްކޫލުން ވަނީ ހުއްދަދީފަ އެވެ. އަދި އެކަމަށްޓަކައި އިއްޔެ އަލީ ރަމީޒު ވަނީ އެ ރަށަށްވެސް ގޮސްފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި ސްކޫލުގެ ޕްރިންސިޕަލް ވަނީ އެއީ ސްކޫލުގެ ކަލަންޑަރުގައި ނެތްކަމެއް ކަމަކަށްވާތީ އެ ހުއްދަ ނުދެވޭނެ ކަމަށް އަންގާފަ އެވެ. 

އެގޮތަށް އަންގާފައިވަނީ ސްކޫލުގައި ހަރަކާތްތައް ހިންގޭނީ ސްކޫލުގެ ކަލަންޑަރުގައި ހިމެނިފައިވާ ކަންކަން އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާތީ ކަމަށް ވެއެވެ.

ރަށްރަށުގައި ބާއްވާ ދީނީ ދަރުސްތަކުގައި ގިނަ މީހުން ޝާމިލުކުރުމުގެ ގޮތުން ސްކޫލު ހޯލުގައި މީގެ ކުރިންވެސް އެކި ރަށްރަށުގައި ދީނީ ދަރުސްތައް ބާއްވައެވެ. 

ފަރެސްމާތޮޑާގައި ދީނީ ހަރަކާތްތައް ބާއްވާ ދަރުސްތައް ބޭއްވުމަށް އެރަށުގެ ރައްޔިތުން ވެސް އެދޭކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ސަލަފުން އިސްނަގައިގެން ދީނީ ކަންކަމަށް އާއްމުން ހޭލުންތެރިކުރުވުމަށް އަބަދުވެސް އެކި ސަރަހައްދުތަކުގައި މިފަދަ ދީނީ ހަރަކާތްތައް ބާއްވައެެވެ. މިވަގުތުވެސް ސަލަފުން ދަނީ ދަރުސްތައް ދިނުމަށް އެކި ރަށްރަަށަށް ޒިޔާރާތްކުރަމުންނެވެ. 

އެގޮތުން "އަލީ ރަމީޒާއެކު" މި ހަރަކާތަކީވެސް އޭނާ އަށް ލަވަކިއުމާއި ދުރުވެ، ދީނީ ކަންކަމަށް ލޯބިޖެހުނު ގޮތް ކިޔައިދީ އެއިން ނަސޭހަތް ތެރިވުމަށް ބާއްވާ ހަރަކާތެކެވެ. ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ހަޔާތް ބަދަލުކޮށްލިކަމަށް ގިނަ ބަޔަކު ބުނާ ބިރުވެރި ހާދިސާވެސް އޭނާ މި ހަރަކާތުގައި ހިއްސާކުރެއެވެ. 

އެ ވާހަކަތަކުން އިބުރަތްލިބި ގިނަ ބަޔަކު ދީނީ ކަންކަމަށް ލޯބި ޖެހިފައިވެސް އެބަހުއްޓެވެ. 

25%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް