ads
ވިނަރެސް ފްލެޓެއްގެ އެތެރެ--
ވިނަރެސް ފުލެޓަކީ މަހަކު 7000 ރުފިޔާއަށް ދޭން ނިންމި ތަނެއް: ޑރ. މުއިއްޒު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފުލެޓުތަކަކީ މަހު ކުލީގެ ގޮތުގައި 7000 ރުފިޔާއަށް ދިނުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ތަންތަން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީއިން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. އަދި ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭނެ އެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ވަނީ ހާއްސަކޮށްފަ އެވެ.

މި ފުލެޓުތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ފުރަތަމަ 375،000 ރުފިޔާ އާއި 457،000 ރުފިޔާ ދެމެދުގެ އަގެއް ދައްކަންޖެހެ އެވެ. 20 އަހަރަށް ބަހާލައިގެން މަހު ކުލީގެ ގޮތުގައި މަހަކު ވިނަރެސްގެ ފުލެޓުތަކަށް 19،000 ރުފިޔާ އާއި 23،300 ރުފިޔާއާއި ދެމެދުގެ އަގެއް ދައްކަންޖެހެ އެވެ. 

މީގެ އިތުރުން 25 އަހަރަށް ބަހައިލައިގެން އެތަނުގެ ކުލި ދައްކާނަމަ ޑައުން ޕޭމަންޓުގެ ގޮތުގައި 500،000 އާއި 609،000 ދެމެދުގެ އަދަދެއް ދައްކަން ޖެހޭ އިރު، މަހު ކުލީގެ ގޮތުގައި 16،790 އާއި 20،470 ރުފިޔާއާއި ދެމެދުގެ އަދަދެއް ދައްކަންޖެހެ އެވެ. 

މިކަމާއި ގުޅިގެން ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ފެއްޓި 1530 ޔުނިޓުގެ ހައުސިން މަޝްރޫއުގެ ނަން މި ސަރުކާރުން ވިނަރެސް އަށް ބަދަލުކޮށް ފުލެޓުތަކުގެ އަދަދު 1340 އަށް މަދުކޮށްފައި ވާކަމަށެވެ. 

އަދި މި ފުލެޓު ތަކުން ރައީސް ޔާމީންގެ ސަރުކާރުން މަހު ކުއްޔަށް ނެގުމަށް ނިންމީ މަހަކު 7000 ރުފިޔާ ކަމަށްވެސް މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ. 

އެޗްޑީސީން އާންމުކޮށްފައިވާ ގޮތުން ވިނަރެސް ފްލެޓް އެއްފަހަރާ ދެއްކުމުން ނުވަތަ ބޭންކުން ލޯނެއް ނަގައިގެން ދައްކާ ނަމަ އެޕާޓްމެންޓްތައް އުޅޭނީ 2.5 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް