ads
އޭއެފްސީ ކަޕް: ހަމަ ނުޖެހުންގަނޑަށް ފަހު މާޒިޔާ ޕްލޭ އޮފަށް
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި މާލޭގައި މިއަދު ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑާ މާޒިޔާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ޕްލޭ އޮފް ބުރުން މާޒިޔާއަށް ފުރުސަތު ލިބިއްޖެއެވެ.

ލަނޑެއް ނުޖެހި އެއްވަރުވީ މެޗަށް ފަހު މާޒިޔާއަށް ފުރުސަތު ލިބުނީ، ދެ މެޗުގެ އެގްރީގޭޓުން ދޭއް ދޭއަކުން އެއްވަރުވީ ނަމަވެސް މާޒިޔާއިން ރަށުން ބޭރުގައި ޖަހާފައިވާ ދެ ގޯލުގެ ސަބަބުންނެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗު ނިމުނީ ދޭއް ދޭއަކުން އެއްވަރު ވެގެންނެވެ.

އެގްރީގޭޓު ނަތީޖާއިން ކުރި ހޯދި މާޒިޔާއަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ޕްލޭ އޮފްގައި އިންޑިޔާގެ ބެންގަލޫރާ ބޫޓާންގެ ޕާރޯ އެފްސީ ކުޅޭ މެޗުން މޮޅުވާ ބައެއް ބަލިކޮށްގެންނެވެ. މި މެޗުވެސް މިރޭ ކުޅެވޭނެއެވެ. ގްރޫޕު ސްޓޭޖުން ފުރުސަތު ހޯދާ ޓީމެއް ވާދަކުރާނީ ރާއްޖޭގެ ޓީސީއާ، އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސްއާ އެއް ގްރޫޕެއްގައެވެ.

މިއަދުގެ މެޗު ބެލުމަށް ފަސްސަތޭކައެއްހާ ބަންގާޅީން ދަނޑަށްވަދެ ތިއްބެވެ. މާޒިޔާއަށް ސަޕޯޓްކުރަން ދަނޑުގައި ތިބޭނީ ގިނަވެގެން ދުވިސައްތައެއްހާ ދިވެހިންނެވެ.

މެޗުގެ އެންމެ ފަހުކޮޅުގައި، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ދެމެދު ހަމަ ނުޖެހުން ހިނގާ، މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހްމަދު ސުޒޭރުވަނީ ދަނޑުން ފޮނުވާވެސް ލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް