
އިނގިރޭސި ވިލާތުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އެކަމަނާއަށް ކީރިތި ކުރެއްވުނީ މިއަދު ރާނީއަށް ސަޕޯޓުކޮށް އެގައުމުގެ ރައްޔިތުން ބޭއްވި ބޮޑު އެއްވުން ފެނިވަޑައިގެން އުފަލުން ކަމަށް ވެ އެވެ.
މިގޮތުން ރާނީގެ ރަނިކަމަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި އިނގިރޭސި ގަނޑުވަރު ބަކިންހަމް ޕެލަސް ދޮށަށް އެއްވެ ތިބި މީހުންގެ ވާހަކަ އެންމެ ފުރަތަމަ އެކަމަނާ އާ ހިއްސާ ކުރެއްވީ ވަލީ އަހުދު ޗާލްސް އެވެ. އެއްވުން ބައްލަވަން ވަޑައިގެން ރާނީއަށް ކީރިތި ކުރެއްވުނީ އެކަމަނާއަށް އެގައުމުގެ އެތައްހާސް ބައެއްގެ ހިތުގައި އޮތް ލޯބި އިހުސާސް ކުރެވުމުންކަމަށް ގަނޑުވަރުގެ ބައެއް އޮފިޝަލުންނާ ހަވާލާ ދީ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ރާނީގެ ވެރިކަމަށް 70 އަހަރު ވެފައިވާއިރު، އެކަން ފާހަކަ ކުރުމުގެ ގޮތުން އިނގިރޭސި ވިލާތުގެ އެކި ކަންކޮޅުތަކުގައި އަންނަނީ އިވެންޓުތައް ބާއްވަމުންނެވެ.
ރާނީ އެލިޒަބަތުގެ އުމުރު ފުޅަކީ 96 އަހަރެވެ.