ads
ރަސޫލާގެ ދިފާއުގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް
ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިކޮށްގެން ބުރާސްފަތި ދުވަހު ރަސޫލާގެ ދިފާއުގައި މާލެ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ޕީޕީއެމްއިން ނިންމައިފި އެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއިރު، ޑރ. ޝަހީމު ވިދާޅުވީ  ބުރާސްފަތި ދުވަހު ބާއްވާ އެ ޖަލްސާއަކީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީން ރަސޫލާއަށް ފުރުއްސާރަކުރި ކުރުން ކުށްވެރިކޮށް ރަސޫލާގެ ދިފާއުގައި ބާއްވާ ބޮޑު ޖަލްސާއެއް ކަމަށެވެ.

އެހެންކަމުން އެ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް މީހުން އައުމަށް ޝަހީމު ގޮވާލެއްވި އެވެ.

ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު ކަންވެސް ފުރުއްވަމުން ގެންދަވާ ޝަހީމު އިތުރަށް ވިދާޅުވީ، އެހެން އިސްލާމީ ގައުމުތަކުންވެސް މިކަން އެންމެ ހަރުކަށިކޮށް ކުއްވެރިކޮށް ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެހުރެ، ދިވެހި ސަރުކާރުން އެކަން މާބޮޑު ސީރިއަސްކަމެއްގެ ގޮތުގައި ދެކޭތަން ނުފެންނަ ކަމަށެވެ.

ރަސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި ބީޖޭޕީން ވެރިރަށް ނިއު ދިއްލީއަށް ކަނޑައަޅާފައި ހުންނަ އެ ޕާޓީގެ މީޑިއާ ހެޑް ޕާޓީން ވަކިކޮށް، އެ ޕާޓީގެ ތަރުޖަމާން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ޕާޓީގެ ތަރުޖަމާން ނުޕޫރު ޝަރުމާ ސަސްޕެންޑުކޮށް، މީޑިއާ ހެޑް ނަވީން ކުމާރު ޖިންދާލް ޕާޓީން ވަކިކުރީ، ރަސޫލާއަށް ބަދަބަސް ރައްދުވާގޮތަށް އެމީހުން ދެެއްކި ވާހަކައާއި ގުޅިގެން އަރަބި ގައުމުތަކުގެ ނުރުހުން ޕާޓީއަށާއި، އިންޑިއާގެ ސަރުކާރަށް އަމާޒުވުމުންނެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް