ރަންބީރާ އާލިއާ ލޯބީގެ ގޮތުން ގުޅުނީ، ކަރަންޖޯހަރުގެ "ބަހާމަސްތްރާ" ކިޔާ ފިލްމެއް ކުޅުމުގެ ތެރޭގައެވެ. މި ފިލްމު އަދި ރިލީޒް އެއް ނުކުރެއެވެ.
ނަމަވެސް މި ދެ މީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް އަަހަރު ދުވަސް ވީ ފަހުންނެވެ.
ދެމީހުންގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ ވެސް ގާތްގަނޑަކަށް 50 މީހުންނަށެވެ.
ރަންބީރު ބުނީ އޭނާ އާލިއާ އާއި ކައިވެނި ކުރި ދުވަސް ނޫން އަނެއް ދުވަހުވެސް ދެމީހުން ވެސް ނުކުތީ މަސައްކަތަށް ކަމަށެވެ.
ހޮލީވުޑަށް ދިއުމުގެ ހުވަފެން ދެކެންތޯ ސުވާލުކުރުމުން ރަންބީރު ބުނީ އޭނާ އެ ހުވަފެން ނުދެކޭ ކަމަށެވެ.