ads
ނަތާ
ނަތާ ޖަރުމަނު ސީރީޒް އަކަށް، ވަރަށް އަވަހަށް ފެންނާނެ
މިހާތަނަށް ގިނަ އަދަދެއްގެ ފިލްމާއި ސީރީޒްތަކުން ތަފާތު ރޯލެއް ކުޅެ ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ އައިޝަތު ނަތާޝާ ޖަލީލް (ނަތާ) ކުޅެފައިވާ ޖަރުމަން ސިރީޒެއް ވަރަށް އަވަހަށް ނުކުންނާނެ ކަމަށް ނަތާ ބުނެފިއެވެ.

މިސީރީޒްއާ ބެހޭ ގޮތުން "ސީއެންއެމް"އަށް މައުލޫމާތު ދެމުން ނަތާ ބުނެފައިވަނީ މިއީ ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް ޑައިރެކްޓާ އަދި ޕްރޮޑިއުސަރެއްގެ އިތުރުން އަމިއްލަ ސްޓޫޑިއޯ އެއް ހިންގާ މުހައްމަދު ނިޔާޒް (ޓެޑްރީ) އޭނައަށް ހޯދައިދިން ފުރުސަތެއް ކަމަށެވެ.

މިސީރީޒްގައި ނަތާގެ އިތުރުން "އެހެނަސް" ސީރީޒްގައި ރޯމަންގެ ދޮންބެގެ ބައި ކުޅެފަ އިން ޝާރިފްވެސް ފެނިގެންދާނެ ކަމަށް ނަތާ ވަނީ މައުލޫމާތުދީފައެވެ. މިސީރީޒްގެ ޝޫޓީން މިދިޔަ އަހަރު ޖެނުއަރީގައި ނިމިފައިވާ ކަމަށާއި ކްރިސްމަސް އާއި ދިމާކޮށް ސީރިޒް ދައްކަން ފަށަން ހަމަޖެހިފައިވަނިކޮށް ކޮވިޑް އާ ގުޅިގެން ސީރީޒް ފަސްކުރެވިފައިވާ ކަމަށް ނަތާ ވަނީ ބުނެފައެވެ. އަދި ވަރަށް އަވަހަށް އެސީރީޒް ފެނިގެންދާނެ ކަމަށް ނަތާ ވަނީ ހާމަކޮށްފައެވެ.

ފިލްމީ ދާއިރާ މީހުންގެ މެދުގައި "ފަޖުރު ތަރި" ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ނަތާ ބުނާގޮތުގައި މިހާރު އެންމެ ކުޅެން ބޭނުންވަނީ "ޒުލޭޚާ" ފިލްމުގައި ޝީލާ ކުޅެފައި އިން ކަހަލަ ވަރަށް ރުޅިގަދަ، ޒީލަގަދަ މީހެއްގެ ރޯލެވެ. އަދި އެންމެ ދެކެން ބޭޏުން ދުވަހަކީ މިދާއިރާގައި ފިލްމަކުން ނުވަތަ ސީރީޒަކުންވިޔަސް އެވޯޑެއް ހާސިލްކުރެވޭނެ ދުވަހަކަށް ކަމަށް ނަތާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ނަތާ ބުނީ ފިލްމީ ދާއިރާގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް އަބަދުވެސް އާއިލާއަށް ވަގުތުދޭ ކަމަށެވެ. ދަރިފުޅު ބެލެހެެއްޓުމުގައި ނަތާގެ އާއިލާއާއި ދަރިފުޅުގެ ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. 

ނަތާގެ ހުނަރު އެންމެ ފުރަތަމަ ފެނިގެންދިޔައީ ޓިކްޓޮކުންނެވެ. އެކްޓިން ދަސްކޮށްދޭ ވޯކްޝޮޕެއް ނިމުނުތަނާހެން އެކްޓަރ އަދި ޑައިރެކްޓަރ މުހައްމަދު މުންތަސީރު (މުންކޮ) ބައިސްކޯފަށް ހެދި ސީރީޒަކުން ނަތާއަށް ދިން ފުރުސަތުގެ ބޭޏުން ނަތާވަނީ ވަރަށް ފުރިހަމައަށް ހިފާފައެވެ. ނަތާގެ އެކްޓިންގ ހުނަރު ފިލްމީ ދާއިރާގައި ދައްކާލަން ލިބުނު މިފުރުސަތަކީ ނަތާ މިދާއިރާއަށް ނުކުތުމަށް ހުޅުވިގެންދިޔަ މަގެވެ.

ނަތާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން، ޢާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވާ ފިލްމު އަދި ސީރީޒްތަކުގެ ތެރޭގައި "އެހެނަސް" "ހުވާކޮށްފާ ބުނަން" ހިމެނެއެވެ.

28%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
41%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް