ads
ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފަ
ބަލިތައް އިތުރުވެ ސަމާލުވުމަށް އެދިއްޖެ: އެޗްޕީއޭ
ރާޢްޖޭގައި މިދުވަސްވަރު ބޭރަށް ހިންގުމާއި ރޯގާ އިތުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދެއްކުމާއެކު ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ބަލީގެ އަލާމާތައް ވެސް ކޮންމެ ވެސް ވަރަކަށް ރާއްޖެއިން ފެންނަން ފަށާފައިވާކަން އިތުރުވެފައިވާތީ މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފަ އެވެ. 

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލެއިން އެކަނި 50 މީހަކަށް ވަނީ ކޮވިޑު ޖެހިފަ އެވެ. މީގެ އިތުރުން ރާއްޖެތެރެއިން 40 މީހަކާއި، ރިސޯޓު ފަދަ ތަންތަނުން 52 މީހުންނާއެކު ޖުމްލަ 142 މީހުންނަށް ކޮވިޑު ޖެހިފައިވާ ކަމަށެވެ. 

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގައި 13،361 މީހަކަށް އަރިދަފުސްރޯގާ ޖެހިފައިވެ އެވެ. 

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގައި 1824 މީހަކު ފަރުވާ ހޯދާފައިވާއިރު، ޑެންގޫ ހުން ޖެހިގެން 185 މީހުން ފަރުވާ ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް