ads
އާމިރު ހާން
އާމިރު ހާންގެ ފިރިހެން ދަރިފުޅާއެކު ނުކުތުމުން މީހުން އާޝޯހުވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި މުހައްމަދު އާމިރު ހުސައިން ހާން (އާމިރު ހާން) އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރިއެކެވެ. އާމިރު ހާންއެކޭ އެއްގޮތަށް މިއަދު އޭނަގެ ދަރިފުޅު އަޒާދު މިވަނީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގެންފައެވެ.
Advertisement

އާމިރު ހާނާއެކީ ދަރިފުޅު އަޒާދު ފެނުމުން ފޭނުން އަޒާދު ސިފަކުރީ އާމިރުހާންގެ ކުޑައިރުގެ ކާބަން ކޮޕީއެއްގެ ގޮތުގައެވެ. އަޒާދު ފެނުމުން ކުރިމަތިން ސިފަވެގެންދަނީ އާމިރު ހާންގެ އެންމެ ކުޑައިރުގެ މަންޒަރު ކަމަށް ފޭނުން ވަނީ ބުނެފައެވެ.

އާމިރުޚާންގެ އެންމެ ހިތްގައިމު އަދި ގިނަ ބަޔަކަށް އަޅައިގަންނަ ސިފައަކީ އޭނަގެ ހިނިތުންވުމެވެ. ހަމައެގޮތަށް އަޒާދުގެ މަޑުމައިތިރިކަމާއި އޯގާތެރިކަން ގިނަބަޔަކު ސިފަކުރީ އާމިރުޚާންގެ ނަމޫނާ ތަރުބިއްޔަތުގެ ގޮތުގައެވެ. އެހެން ތަރިންގެ ދަރިންނާއި ޚިލާފަށް އެއްވެސް ބޮޑާކަމެއްނެތި އަޒާދުވަނީ އާމިރުޚާންގެ ފޭނުންނާއި ކުރިމަތިލާފައެވެ.

އަޒާދު އަކީ އާމިރުޚާނާއި ކުރީގެ އަންހެނުން ކިރަން ރާއޯގެ ފުރަތަމަ ދަރިފުޅެވެ. ދެމަފިރިން ވަކިވިނަމަވެސް ދަރިފުޅާއެކީ ދެމަފިރިންވެސް ވަގުތު ހޭދަކުރެއެވެ. އެދެމީހުންނަކީ ނަމޫނާ މައިންބަފައިންނެވެ.

your imageއާމިރް ހާން އޭނާގެ އެންމެ ހަގު ފިރިހެން ދަރިފުޅާއެކު

އުމުރުން 60 އަހަރާއި ގާތްވެފައިވާ އާމިރު ހާން ފެންނަނީ އުމުރަށް ވުރެ މާ ޅަކޮށް ޒުވާން ފިރިހެން ކުއްޖެއްގެ ގޮތުގައެވެ. އިންޑިއާގެ ސިނަމާތަކުގައި އެންމެ ނުފޫޒުގަދަ އެއްތަރި އާމިރުޚާން ވަނީ އިންޑިއާގެ އިތުރުން ޗައިނާގައިވެސް މަޝްހޫރުކަން ހޯދާފައެވެ.

މިހާރު އުމުރުން 40 އަހަރަށް ވުރެ ދިގު މުއްދަތެއް ފިލްމީ ދާއިރާގައި ހޭދަކޮށްފައިވާ އާމިރު ވަނީ މިހާތަނަށް އެތަކެއް ފިލްމީ އެވޯޑެއް ހާސިލްކޮށްފައެވެ.

އާމިރު ހާންގެ ކާމިޔާބީއަށް ބަލާލާއިރު 1973 ގައި ނާސިރު ހުސައިންގެ “ޔާދޯން ކީ ބާރާތު” ގައި ކުޑަކުއްޖެއްގެ ރޯލުން ފެނިގެން ދިޔަ އާމިރު ފުރަތަމަ ފީޗާޑް ރޯލެއް އަދާކޮށްފައިވަނީ 1984 ގައި ރިލީޒް ވި “ހޯލީ” އެވެ. އޭގެ ފަހުން ފުލްޓައިމް ސްޓާރެއްގެ ގޮތުގައި މަސައްކަތް ކޮށް ކާމިޔާބު ފިލްމުތަކެއްގައި އާމިރުވަނީ ލީޑްރޯލު ކުޅެފައެވެ. އެގޮތުން 1988 ގައި އާމިރު ކުޅެފައިވާ “ގަޔާމަތު ސޭ ގަޔާމަތު” ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި ނެޝަނަލް ފިލްމު އެވޯޑު ހާސިލްކޮށްފައެވެ.

މީގެ އިތުރުން އާމިރު ކުޅެފައިވާ “ރާޖާ ހިންދުސްތާނީ” “ދިލް” ފަދަ ފިލްމުތަކަކީ ލޯބީގެ އަސަރުގަދަ ރީތި ފިލްމުތަކެކެވެ.

1999 ގައި އާމިރުގެ އަމިއްލަ “އާމިރުޚާން ޕްރޮޑަކްޝަން” އުފައްދައި 2001 ވަނަ އަހަރު އުފެއްދި އެޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމު “ލަގާން” އަކީވެސް ކާމިޔާބު ފިލްމެކެވެ. ގިނަ އެވޯޑުތަކެއް ފިލްމަށް ވަނީ ލިބިފައެވެ.

4 އަހަރު ދުވަހުގެ މަޑުކުރުމަކަށް ފަހު އެނބުރި އަލުން ސްކްރީނަށް އައިސް އާމިރު ވަނީ ފިލްމު އިންޑަސްޓްރީގައި އިންގިލާބެއް ގެނެސް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި “ފަނާ” “ރަންގް ދި ބަންސާރީ” “ތާރޭ ޒަމީން” ” ތްރީ އިޑިއަޑްސް” “ދޫމް 3” ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ ތެރެއިން ވެސް “ތާރޭޒަމީން” ވެގެން ދިޔައީ މުޅިން ތަފާތު އަދި ގިނަ ބައެއްގެ ތަރުހީބު ލިބުނު މޮޅު ފިލްމެއްގެ ގޮތުގައެވެ.

އާމިރު ހާނަކީ އިންސާނިއްޔާތަށް ހިދުމަތް ކުރުމުގައި، އިޖުތިމާއީ ގިނަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމާއި މުޖުތަމައުގައި ދިމާވާ ބޮޑެތި މައްސަލަތަކާއި ސިޔާސީ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމުގައި ނަމޫނާ ތަރިއެކެވެ.

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް