ads
ފޮޓޯ--ކިއާރާ
ކިއާރާގެ ކުރިއެރުމުގެ ސިއްރު ކިޔައިދީފި
ބޮލީވުޑްގައި ފިޔަޖަހަމުން ކުރިހޯދަމުން އަންނަ ކިއާރާ އަދްވާނީ ބުނާގޮތުގައި އޭނަގެ ކާމިޔާބީއަކީ އޭނަގެ އުޅުމާއި އޭނަގެ އަހާގު ކަމަށެވެ.

ބޮލީވުޑްގައި 8 އަހަރު ފުރުމާއި ގުޅިގެން ހަދާންތައް އާކޮށް ކިޔާރާގެ ކާމިޔާބީގެ އަސްލު ސަޕޯޓަރުންނަށް ހިއްސާކުރަމުން ބުނެފައިވަނީ އޭނާ ކޮންމެ މަސެއްކަތެއް ކުރި ކަމުގައި ވިއަސް ކާމިޔާބީއާއި ހަމައަށް ވާސިލް ވުމަށް އެންމެ މުހިއްމުކަމަކީ މީހާގެ އުޅުމާއި އަހްލާގު ކަމަށެވެ.

ކިޔާރާ ދެކޭ ގޮތުގައި މަޝްހޫރުކަން ހޯދުމަށް އެމީހާގެ އަގު ވައްޓާލާ އެއްވެސް އުޅުމެއް އަޚުލާގެއް ނެތި ކުރިޔަށް ދާން އޭނަ ބޭނުން ނުވާ ކަމަށާއި ބެލުންތެރިން ގަޔާވާ ނުވަތަ މީހުންގެ ލޯބި ހޯދުމަށްޓަކައި އަހްލާގް ހިފެހެއްޓުމާއި ކޮންމެ ކަމެއް ވެސް ކުރާ ހިތުން ކުރާ ނަމަ ވަކި ހިސާބަކުން ކާމިޔާބު ލިބިގެންދާނެއެވެ.

ކިއާރާގެ ކާމިޔާބީތަކަށް ބަލާލާއިރު ކަބީރް ސިންގ، އެމް.އެސް ދޮނީ، ޝޭރްޝާހް އަދި ބޫލް ބޫލިޔާ 2 ފަދަ ބްލޮކްބަސްޓަރ ފިލްމް ތަކުން ކިޔާރާ ވަނީ ބެލުންތެރިންގެ ހިތްތައް ދަމައިގެންފައެވެ.

އޭނާ ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް ވެސް އޭނަގެ ފިލްމްތައް އެބަހުރި ކަމާއި އެގޮތުން ވަރުން އާއި އެކު ފެނިގެންދާ ޖަގް ޖަގް ޖީޔޯ އަންނަ އަހަރު ރިލީޒް ވާނެ ކަމަށް ވެސް އޭނާވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް