ads
ޓެލެގްރާމް އެޕް އިކޮން....
ޓެލެގްރާމް: ދިވެހިންގެ ބަރަހަނާ ގަނެ ވިއްކާ ޕްލެޓްފޯމެއް!
ޓެލެގްރާމް މި އެޕްގައި ދިވެހިންގެ ބަރަހަނާ ޕޮޓޯ ، ވީޑިއޯ އަޅާ އެތަކެެއް ގްރޫޕްތަކެއް އެބަހުއްޓެއެވެ.

ބައެއް ދިވެހިން މި އެޕް ބޭނުން ކުރަނީ މިހެންވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކި ނައްނަމުގައި ހިންގާ މި ފަދަ ޖަރީމާތަކުގެ "ބޮޑުންގެ" ގޮތުގައި ދިވެހިން ތިބިކަމީ ދެރަ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. މި ފަދަ ގްރޫޕްތަށް ހިންގާ ފަރާއްތަށް މިކަން ކޮންއުޅެނީ ވިޔަފާރީގެ ގޮތުއްނެއެވެ. 

ހަމަ އެކަނި ގުރޫޕް ހިންގާ ފަރާތުގެ ވާހަކަ ދައްކާގެން ނިންމާލެވޭކަށް ނެތެވެ. މި މީހުއްނަށް ގުރޫޕްތަށް ހިންގަން މަގުކޮށާ ދެނީ ވެސް ހަމަ ދިވެހިއްނެވެ. މިހާރު އަންހެނެއް، ފިރިހެނެއް ކިޔާނެ ކަމެއް ނެތެއެއެވެ. ބަރަހަނާވެ ޕޮޓޯ ނުވަތަ ވީޑިއޯ ނެގުމަށް ފަހު އަގެއް ކަނޑައަޅާ ވިއްކާލަނީއެވެ. އަނެއްބަޔަކު މީހުންގެ ފޯނާ، ކޮންޕިއުޓަރާ، ޓެބްލެޓް ފަދަ ތަކެތި ހެކް ކޮށްގެން ނޫނީ ވަގަށް ނަގައިގެންގެންވެސް މީހުންގެ ޒާތީ ފޮޓޯ ފަދަ ތަކެތި ވަގަށް ނަގައި ލީކު ކުރަނީއެވެ. ދެން ޕޮޓޯ ހޯދުމަށް ފަހު ބޮޑު އަގުގައި ޕޮޓޯ ގައްނަމީހުން އެހެން ބަޔަކަށް ވިއްކާލަނީއެވެ. މި ކަމާ މީހަކު ވަގަށްނަގައިގެން، އަޅުވެތިކޮށް ބަރަހަނާކޮށް ނީލަން ކިޔުމާ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟

ދިވެހިރާއްޖޭގައި މި ފަދަ ކަންކަން މިހާރު އާމުކަމަށް ވެއްޖެއެވެ. އެއްވެސް ބިރެއްނެތި ފާޅުކަން ބޮޑު ގޮތެއްގައި ވިޔަފާރީގެ އުސޫލުން މިފަދަ ބޮޑެތި ޖަރީމާ ކުރަމުންދާއިރު ހުއްޓުވަން ބަޔަކު މަސައްކަތް ނުކުރާކަމީ ކަންބޮޑު ވާން ޖެހޭ ކަމެކެވެ. 

ކުރާނީ ވެސް ކީއްހެއްޔެވެ؟ ބަޔަކު ހުއްޓުވަން އުޅުނަސް ގޯސްވާނީ އެބައެކެވެ. މިހެނޭ ހިތާ ނޭގޭ ކަމަށް ހަދައިގެން ތިބެގެން އާހިރު ނަތީޖާ މާ ގޯސް ވާނެއެވެ. 

8%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް