ads
ފެލިވަރު ކާރުހާނާގައި ބަޔަކު މަސައްކަތް ކުރަނީ
ފެލިވަރުގެ ބިން ހިއްކުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަނީ
ޅ. ފެލިވަރުގެ ބިން ހިއްކުމަށް އެންވަޔަރަންމަންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ފެލިވަރުގެ އިރުމަތި ފަރާތުން ފަސް ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައި މިވަނީ އެކުންފުނީގެ އޮޕަރޭޝަން ފުޅާކޮށް އިތުރު ހިދުމަތްތައް ދިނުމަށް ސަރުކާރުން ބޭނުންވާތީ އެވެ. 

ފެލިވަރު ހިންގާ ކުންފުނި، މިފްކޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ މެންފުރުފަހު 2:00ގެ ކުރިން މިފްކޯގެ ހެޑް އޮފީހަށް ހާޒިރު ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. 

ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ކަން ފާހަގަކޮށް އިއުލާންގައި ބުނެފައިވަނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަހުގެ 23 ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިފްކޯ ހެޑްއޮފީހުގައި ބާއްވާނެ ކަމަށެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު މެންދުރުފަހު މިފްކޯ ހެޑް އޮފީހުގަ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 4000 ޓަނަށް އިތުރު ކުރުމަށް މި އަހަރު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އަކީ 2000 ޓަނު ކަމަށާއި އެ އަދަދު 6000 ޓަނަށް އިތުރު ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް