ads
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމެކޭ ޖީއެމްއާރަށް އެއާޕޯޓް ދިނުމެކޭ ތަފާތެއް ނެތް!
ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމެކޭ، ޖީއެމްއާރަށް އެއާޕޯޓް ދިނުމެކޭ ތަފާތެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމެކޭ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށާއި، ކުރަނީ އެއް ކަމެއް ކަމަށެވެ. 

ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމުގައި ސަރުކާރުގެ ފަރާތްތަކަށް ބައިއެޅޭ ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ. އަދި މިކަމުގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނީ ހިތިކޮށް ކަމަށްވެސް ވިދާޅުވި އެވެ. 

ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމާފައި އޮތް މައްސަލައިގައި އޭސީސީން ވަނީ ތަހުގީގެއްވެސް ހިންގާފަ އެވެ. އެގޮތުން އޭސީސީން ބުނެފައިވަނީ ސީ ޕްލޭން ޓާމިނަލް ވަކި ބަޔަކަށް މަންފާވާ ގޮތަށް ކުއްޔަށް ދިނުމަށް އެމްއޭސީއެލް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ޖިނާއީ ތަހްގީގެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް