
ލިފްޓެއް
މާލޭ ގެއެއްގެ ލިފްޓުތެރޭ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފި
ފާތިމަތު އަހްމަދު ޝަރީފް
17 ޖޫން 2022 - 13:59:11
މާލޭގައި ގެއެއްގެ ލިފްޓަށް އެރި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު "ސީއެންއެމް" އަށް ބުނީ، އެއަންހެން މީހާ އަކީ ހެންވޭރު ގެއެއްގައި އުޅޭ މީހެއް ކަމަށާއި، ޖިންސީ ގޯނާކޮށްފަ ވަނީ އޭނާ ދިރުއުޅޭ ގޭގެ ލިފްޓަށް އެރި ވަގުތު އެ ލިފްޓަށް އެރި މީހެއް ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް ފުލުހުން ބުނީ އެމައްސަލާގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި، މައްސަލަ އަކީ ތަހުގީގު ކުރެވެމުންދާ މައްސަލައެއް ކަމަށެވެ.
ޖިންސީ އަނިޔާ ލިބުނު އަންހެނާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ހުށަހެޅުމުން އަންހެންމީހާ އާއި ސުވާލުކޮށް އޮންނަ އުސޫލުގެ މަތިން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
12%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް