
ރާއްޖެތެރޭ އެކި ރައްށުގައިވެސް މި ފަހަރުގެ އީދު ވަރަށް ފޯރި ގަދާނެ ކަމަށް ދަނީ ބުނަމުއްނެއެވެ. ކުޑަ އީދޭ އެއްގޮތަށް މި ފަހަރުގެ ބޮޑު އީދައްވެސް މާފުށި އޮތީ ރެޑީވެފައެވެ. މި އަހަރުގެ އެންމެ ގިނަ ބަޔަކު ކުޑަ އީދު ފާހަގަ ކުރަން ދިޔަ ރަށަކައް މާފުށިވާނެއެވެ. ކުޑަ އީދޭ އެއްގޮތަށް މާލޭގައިވެސް ހަމަ އެހާ ފޯރި ގަދަވާނެއެވެ. މި ފަހަރު އީދު ކުލަ ގަދަކޮން ފާހަގަ ކުރަން ހަމަ ޖެހިފައިވާ ރައްތަކު ތެރޭގައި ކ. ގުރައިދޫ، ކ. ހިންމަފުށި، ނ. ވެލިދޫ، ބ. ދަރަވަންދޫ ގެ އިތުރުން އެތަކެއް ރައްތަކެއް ހިމެނެއެވެ.
ކޮވިޑްގެ ބަލިން އަރައިގަތުމަށް ފަހު އީދު ފޯރި ގަދަކޮން ބޭއްވޭ މީ ފުރަތަމަ އަހަރެެވެ. އެހެން ކަމުން މަސައްކަތުގެ މާހައުލުން އެއްކިބާބެލާ އާއިލާއި ރައްޓެހިއްނާ އެކީ މި ފަހަރުގެ އީދު ފާހަގަ ކުރަން ކޮންމެސް ރަށަކަށް ނޫނީ ކޮންމެސް ކަމެއްކޮއްލަން ވާނެއެވެ.
އީދު ކުލަ ގަދަކޮން ފާހަގަ ކުރާ ރަށެއްގައި ރައްޓެއްސެއް ނޫނީ އާއިލާ މީހަކު ހުރިނަމަ އެރަށަކަށް ގޮސްލާ ކުޑަކޮން ސިނކުޑި ތާޒާކޮއްލަން އެބަޖެހެވެ. މީގެ ސަބަބުން މީހާ ގެ ސްޓްރެސް ފިލާގެން ދާނެއެވެ.
މާލެއިން ބޭރައް ނުދެވޭ ފަރާއްތަކުން މާލޭގައި ފާހަގަ ކުރާ އީދުގެ ހަރަކާތް ތަކުގައި ބައިވެރި ވެލަން ވާނެއެވެ. އެހެން ކަމުން އިތުރު ވިސްނުމަށް ނުގޮސް މި ފަހަރުގެ އީދު ކުލަ ގަދަކޮން ފާހަގަ ކޮއްލަން ހިނގާށެވެ.