ads
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ: ފޮޓޯ އެޑިއުކޭޝަން މިނިސްޓްރީ
ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލް ކުއްލިއަކަށް ވަންދޫއަށް ބަދަލު ކުރީ ގާނޫނާ ހިލާފަށް
ތ. ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލް، އެ އަތޮޅު ވަންދޫ ސްކޫލަށް ކުއްލި ގޮތަކަށް ބަދަލުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ގޮތަށް ކަނޑައަޅާފައިވަނީ މި ދިޔަ ހަފްތާގައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން، ތ. ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލް އެ އަތޮޅު ވަންދޫ ސްކޫލަށް ކުއްލި ގޮތަކަށް ބަދަލު ކުރި މައްސަލަ ނިންމާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. މިއީ، ދެހާސް ވިހިވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލަށް ކުރިން އެންގުމަކާ ނުލައި ކުއްލި ގޮތަކަށް އޭނާ އެ އަތޮޅު ވަންދޫ ސްކޫލަށް ބަދަލުކުރުމާ ގުޅިގެން އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން ވަކާލާތުކޮށްފައިވަނީ، ޕްރިންސިޕަލް ވަންދޫ ސްކޫލަށް ބަދަލު ކުރީ އޭނާއަކީ ތަޖުރިބާ ހުރި ޕްރިންސިޕަލަކަށް ވެފައި، ވަންދޫ ސްކޫލް އިތުރަށް ހަރުދަނާ ކުރުމަށް ތަޖުރިބާކާރު ޕްރިންސިޕަލެއް ބޭނުންވާ ކަމަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޕްރިންސިޕަލް ބަދަލުކޮށްފައިވަނީ ވަންދޫ ސްކޫލު ހަރުދަނާ ކުރުމުގެ ގޮތުން ނޫން ކަމަށާއި އެހެންނަމަވެސް ނުބައި ނިޔަތެއްގައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލް، ވަންދޫ ސްކޫލުގެ ޕްރިންސިޕަލްކަމަށް ބަދަލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ނަމަވެސް އެއް އަހަރު ދުވަސް ހަމަވުމުން، ވަންދޫ ސްކޫލުގެ ޕްރިންސިޕަލް ކަމަށް ދާއިމީކޮށް ހަމަ ޖެއްސިއެވެ. އެހެންނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ ބަދަލު ކުރުމަކީ ގާނޫނާ ޚިލާފަށް ބަދަލުކޮށްފައިވާ ބަދަލުކުރުމެއް ކަމަށާއި އަދި ޕްރިންސިޕަލް ކުރިންވެސް އަދާ ކުރަމުން ދިޔަ ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމަށް ބަދަލު ކުރުމަށެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރުމުގައި އެ ރަށުގައި ހިނގަމުންދާ ސިޔާސީ ވާދަވެރިކަން ހިމެނެއެވެ. އަދި ޕްރިންސިޕަލް ބަދަލު ކުރުމުގައި ސިޔާސީ ގޮތުން ބާރު ގަދަ ފަރާތްތަކުގެ ބައިވެރިވުން އެކި މިންވަރަށް ހިމެނިފައިވާ ކަމަށްވެސް ކަމުގެ ހަގީގަތް އެނގޭ މީހެއްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް