ads
ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް 'އޮންލީ ބްލޫ'
ރާއްޖޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް "އޮންލީ ބްލޫ" ހުޅުވައިފި
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓް “އޮންލީ ބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓު”ކައިރީގައި ހުޅުވައިފި އެވެ.
Advertisement

ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން މިދިޔަ ހޯމަ ދުވަހު ހުޅުވި މި ރެސްޓޯރެންޓުގެ ނަމަކީ "އޮންލީ ބްލޫ" އެވެ. 

ރެސްޓޯރަންޓުގެ ޑައިނިން ރޫމުގެ ބޮޑުމިނުގައި 190 އަކަ މީޓަރުގެ ޖާގަ އާއެކު 46 ގޮނޑި ހިމެނެ އެވެ. 

ގާތްގަނޑަކަށް 25 މީޓަރުގެ އަޑީގައި ހަދާފައިވާ މި ރެސްޓޯރެންޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަނޑު އަޑީގެ ހިތްގައިމު ރީތި މަންޒަރުތަކާއި، ކަނޑުގެ އަޑީގައިވާ އެކި ދިރުންތަކުގެ މަންޒަރު ބަލާލެވޭނެ އެވެ. 

your image'އޮންލީ ބްލޫ' ރެސްޓޯރެންޓްގެ އެތެރޭގެ ފޮޓޯއެއް

ލޯބިގިލި ރިސޯޓުން ހުޅުވި މި ރެސްޓޯރެންޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް، އެ ރިސޯޓުން ދޭ   “ލޯބި ޕްލޭން އޮފާ”އަދި މަދުވެގެން ހަތަރު ދުވަހުގެ ހުރުން ބުކް ކޮށްގެން އޮންލީ ބްލޫ އިން އެއް ކެއުން ހިލޭ ލިބެ އެވެ. 

ދެހާސްސޯޅަ ވަނަ އަހަރު ޅ.ހުރަވަޅި ރިސޯޓުގައިވެސް ވަނީ ކަނޑު އަޑީގެ ބޮޑު ރެސްޓޯރެންޓެއް ހުޅުވާފަ އެވެ. 

ހުރަވަޅި ރިސޯޓުގައި ހަދާފައިވާ "5.8" ނަމަކަށް ކިޔާ ރެސްޓޯރަންޓަކީ ނިއުޒިލެންޑުގައި ހަދައިގެން ރާއްޖެ ގެނެސް އިންސްޓޯލް ކޮށްފައިވާ ރެސްޓޯރެންޓެއް ކަމަށް ހުރަވަޅި ރިސޯޓުގެ މެނޭޖްމަންޓް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ވަނީ ބުނެފަ އެވެ. 

your imageހުރަވަޅި ރިސޯޓުގައި ހަދާފައިވާ ރެސްޓޮރެންޓް

ރާއްޖޭގައި ތަރައްގީކޮށްފައިވާ ގިނަ ރިސޯޓުތަކުން ދަނީ އެ ރިސޯޓުތައް ހިމެނޭ ކަނޑުގެ ސަރަހައްދުތަކުގައި ކަނޑު އަޑީގެ ރެސްޓޯރެންޓުތައް ހަދަމުން ނެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ހާއްސަކޮށް ކަނޑުގެ އަޑީގެ ހިތްގައިމު މާހައުލު ބަލާލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން މިފަދަ ރެސްޓޯރެންޓްތައް ހެދުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކޮށްލެވެ އެވެ. 

33%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް