ads
ހަަމަނުޖެހުމުގައި ވަޅި ހެރުމުގެ ސަބަބުން މަރުވި ސިންގް---
ރެސްޓޯރެންޓެއް ކައިރީ ސިގިރޭޓު ބޯން ހުރުމުން ހިނގި ޒުވާބެއްގައި 1 މަރާލައިފި
މިކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޓިލަކް ނަގަރުގަ އެވެ. މި ހާދިސާގައި މަރާލާފައިވަނީ އިންޑިއާގެ މަޝްހޫރު ޒޮމާޓޯ ރެސްޓޯރަންޓުގެ ފުޑް ޑެލިވަރީ އެކްޒެކިއުޓިވް އެކެވެ.
Advertisement

ފުލުހުންނާ ހަވާލާދީ، އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފަވާ ގޮތުގައި އޭނާ މަރުވެފައިވަނީ، ޒޮމާޓޯގެ މުވައްޒަފު ރެސްޓޯރެންޓު ކައިރީ ސިގްރޭޓު ބޯން ހުއްޓާ، އެކަމާއި އެއްޗެއް ބުނި އާއްމު ދެ މީހަކާއި ދެމެދު ހިނގި ހަމަނުޖެހުމެއްގަ އެތަނުން އެކަކު ޒޮމާޓޯގެ މުވައްޒަފު ގަޔަށް ވަޅި ހެރުމުން ނެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، އެމައްސަލާގަ ވަޅި ހެރި 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ ވާއިރު، އަނެއް މީހާވެސް އައިޑެންޓިފައި ކޮށް ހައްޔަރުކުރުމުގެ މަސައްކަތް ފުލުުހުން ދަނީ ކުރަމުންނެވެ. 

ވަޅި ހެރި މީހާއާއި ފުލުހުން ސުވާލުކުރުމުން ބުނެފައިވަނީ، ހަމަނުޖެހުން ހިނގީ، ޒޮމާޓޯގެ އެ މުވައްޒަފު ރެސްޓޯރަންޓު ކައިރީ ސިގިރޭޓުބޯން ހުރުމުން ހިތްހަމަ ނުޖެހިގެން އެކަމާއި އެއްޗެއް ބުނުމުން، އެމީހުން ހިނގާފަ ދަނިިކޮށް އެ މުވައްޒަފު ކުރިމައްޗަށް އަރާ މަގު ބަންދުކުރުމުން ކަމަށެވެ.

އުމުރުން 26 އަހަރުގެ އެ މުވައްޒަފު މަރުވިއިރު، އަންބަކާއި އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ދުނިޔޭގަ އެބަތިއްބެވެ. އެ ރެސްޓޯރެންޓުގެ ވެރިން ބުނެފައިވަނީ، އާއިލާއަށް ދޭންޖެހޭ އެހީތެރިކަން ދެމުންދާ ކަމަށާއި، ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

your imageޒޮމާޓޯގެ މުވައްޒަފެއް---

އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާގޮތުގައި، އޭނާ މަސައްކަތަށް ނިކުންނަނީ ކޮންމެ ދުވަހުކުވެސް ރޭގަނޑު އެވެ. އެއީ ރޭގަނޑު އަންނަ އޯޑަރުތައް ގިނަވުމާއިއެކު އެވެ. ނަމަވެސް ދިއްލީގެ ޓިލަކް ނަގަރަކީ ރޭގަނޑުގެ ވަގުތު އަމާން ތަނެއް ނޫންކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނަކަމަށް އާއިލާއިން ބުންޏެވެ.

50%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް