ads
މިސްކިތުގައި 200 އަށްވުރެ ގިނަ އިންޑިއާ މީހުންތިބި ކަމަށް ވޭ——
ބިދޭސީންތަކެއް މިސްކިތެެއްގަ ނިދާ ހަދަނީ!
ފ. ދަރަބޫދޫ ނަރުދަމާގެ މަސައްކަތް ކުރަން އައިސްފަތިބި ބިދޭސީ މަސައްކަތްތެރިންތަކެއް އެ ރަށު މިސްކިތުގައި ނިދާ ހަދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
Advertisement

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުން އާސާރީ މިސްކިތެއްގެ ބޭރުގައި ރޯނުދަމައިގެން އެމީހުންގެ އެއްޗެހިވެސް ހިއްކަން އަޅާފައިވާއިރު، މިސްކިތު އެތެރޭގައި އެއްބަޔަކު ތުވާލި އަދެގެން އަނެއްބަޔަކު ތަންމަތި އަޅައިގެން އޮށޯވެގެން ތިއްބެވެ. 

މި ވީޑިއޯ އާއްމުކޮށްފައިވާ މީހާ ބުނާ އަޑުއިވެނީ އެއީ އެރަށުގެ އެންމެ މުސްކުޅި އާސާރީ މިސްކިތް ކަމަށެވެ. އެތަނުގެ ތެރޭގައި ބިދޭސީން މިހެން އުޅެމުންދާކަން އެގުނީ ވުޟޫކޮށްލަން އެތަނަށް ވަންތަނާ ކަމަށް އޭނާ ބުންޏެވެ. 

އޭނާ ބުނީ، ވުޟޫކޮށްލައިގެން ނަމާދަށް އަރަން އުޅެނިކޮށް، އެ ބިދޭސީންތައް އައިސް އޮށޯންނަން ފެށި ކަމަށެވެ. 

އަދި، އެތަނުގައި ގާތްގަނޑަކަށް 200 ވަރަަކަށް އިންޑިއާ މީހުން ދިރިއުޅެމުންދާ ކަމަށާއި، އެއީ އެރަށަށް ނަރުދަމާ މަސައްކަތް ކުރަން އައިސްތިބި ބައެއް ކަމަށް އޭނާ ބުނެ އެވެ. ވީޑިއޯއާއްމުކޮށް ކަންބޮޑުވުން ފާޅުކުރި މީހާ ބުނެފައިވަނީ، ރަށުގައި ބޭނުން ނުކުރާ ގޭގެ ވެސް ހުއްޓާ، ރަށުގެ އާސާރީ މިސްކިތެއްގައި ބިދޭސީންތަކެއް ބެހެއްޓުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ދަރަބޫދޫ ކައުންސިލުގެ މެމްބަރަކު "ސީއެންއެމް" އަށް ވިދާޅުވީ، އެ މިސްކިތަކީ 1900ގެ އަހަރުތަކުގައި ބޭނުންކުރި މިސްކިތެއް ކަމަަށާއި އަދި ގަބުރުކަށި ފެނިގެން ފަހުން ބޭނުންކުރުން ހުއްޓާލާފަ ހުރި މިސްކިތެއް ކަމަށެވެ.  

އަދި އެތަނުގައި ބިދޭސީ މަސައްކަތްތެރިން ބަހައްޓަމުން އައީ މިހާރު އެކަނި ނޫންކަމަށާއި، ރަށަށް މަސައްކަތު އަންނަ ބިދޭސީ މަސައްކަތްތެރިން އަބަދުވެސް ތިބެނީ އެތަނުގަ ކަމަށެވެ. އަދި އެތަނަކީ ރަސްމީކޮށް ކައުންސިލުން ދޫކޮށްފަ ހުންނަތަނެއް ނޫންކަމަށާއި، މީގެ ކުރިންވެސް އެކަން ކުރަމުން އައީ އެހެންކަމަށް ވުމުން އެތަން ދޫކޮށްފަ ހުންނަނީ ރަށުގައި އެމީހުން ބޭތިއްބޭނެ އިތުރުތަނެއް ނެތިގެން ކަމަށް ވިދާޅުވި އެވެ. 

އާއްމުވެފައިވާ ވީޑިއޯގައި ސައްހަ ނޫން މައުލޫމާތު ހުރިކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެތަނުގައި 200 މީހުން ނުތިބޭނެ ކަމަށާއި، މަސައްކަތް ކުރުމަށް އައިސް އުޅެނީ 23 މީހުން ކަމަށެވެ. އަދި އެތަނުގައި ބުދު ހުރިކަމަށާއި، އެހެން ގޭގެ ލިބެން ހުއްޓާ އެތަނުގައި ބައިތިއްބަނީ ކަމަށް ވީޑިއޯގައި ބުނާ ވާހަކަވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ.

ބިދޭސީ މަސައްކަތްތެރިން ބެހެއްޓުމަށް ގެއެއް ހޯދުމަށް މީގެ ކުރިން ކުރެވުނު އިއުލާނަަށްވެސް އެއްވެސް ބަޔަކު އިޖާބަދީފަ ނުވާކަމަށާއި، އެމީހުން އެތަނުގައި ބައިތިއްބަން ޖެހެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދައުރުވެގެން އުޅޭ ވީޑިއޯއާއި ގުޅިގެން އުފެދިގެން އުޅޭ ކަންބޮޑުވުންތަކަށް ކައުންސިލުން ވަކި އެއްޗެއް ރަސްމީކޮށް ފަހުން އާއްމުކުރާނެ ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް