ads
މި ދަތުރުފުޅަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް
ފުނަދޫ، އަދި ހޮޅުދޫ ދަތުރު ނިންމަވާލައްވާ ރައީސް މާލެ ވަޑަައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ށ. ފުނަދޫއަށާއި، ނ. ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސްގެ މިދަތުރުފުޅަކީ، ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާއާއި، ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ. 

ހުކުރު ދުވަހު ރައީސް ފެށްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ށ. ފުނަދޫ އަށެވެ. ރައީސް ސޯލިހް ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާފަ އެވެ. އެޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްކޫލުގެ 50 އަހަރުގެ ދިގު ތާރީހުގައި ބިނާކޮށްދީފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސްކޫލުން މުޖުތަމައަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށެވެ.

ހޮޅުދޫއަށް ރައީސް ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ. ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާހްކޮށްދެއްވުމުގެ އިތުރުން އެ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ރައީސް ވަނީ ޝަރަފްވެރިކޮށްދެއްވާފަ އެވެ. މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއް ކަމަށެވެ.

ފުނަދޫ އަށާއި، ހޮޅުދޫއަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި ވަނީ، އެދެރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާއި ގުޅޭ ކަންކަމުގައި ވެސް މަޝްވަރާކުރައްވާފަ އެވެ.

މި ދެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންނެވީ މިއަދު މެންދުރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް