ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މާދަމާއިން ފެށިގެން އަމަލުކުރަން އަންގާ ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ބުނެފަައިވަނީ، ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ މި ދަނޑިވަޅުގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށްފިނަމަ ޑެފިސިޓް އިތުރުވެގެންދާނެ ކަމަށާއި، އޭރުން ޑެފިސިޓް ފައިނޭންސް ކުރުމަށް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ.
އަދި މިފަދަ ދަނޑިވަޅެއްގައި އެ ބުރަ އުފުލުމަކީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސާދުކުރުމަށް ބޭނުން ޖެހިފައިވާ ކަމަށް އެ ސާކިއުލާގަ ވެއެވެ.
ދުނިޔޭގެ ބާޒާރުގައި އަގުތައް އިންތިހާއަށް އުފުލިފައިވާކަން ފާހަގަކޮށް، ސާކިއުލާގައި ވަނީ ދައުލަތުގެ ހަރަދުތައް ކުރިން އަދާޒާކުރި މިންވަރަށް ވުރެ ބޮޑުތަނުން އިތުރުވަމުން ދާތީ، ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފަ އެވެ.
ހަރަދުކުޑަކުރަން މާދަމާއިން ފެށިގެން އަމަލުކުރަން އަންގާފަވާގޮތް: