ads
ސްޓެލްކޯގެ 'އަވިކަތަ' ސްކީމް ލޯންޗުކުރުމުގެ ރަސްމިއްޔާތު
ގޭގެ ފުރާޅު ކުއްޔަށްދީގެން އާންމުދަނީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ގޭގެ ފުރާޅު ކުއްޔަށްދީގެން އާންމުދަނީ ހޯދުމުގެ ފުރުސަތު ސްޓެލްކޯއިން ތައާރަފްކޮށްފި އެވެ.

ކަރަންޓާއި ބެހޭ މައި ކުންފުނި ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ސްޓެލްކޯގެ ސޯލާ ޕެނަލް ހަރުކުރުމަށް ގޭގޭ ފުރާޅު ކުއްޔަށް ދީގެން އާންމުދަނީ ހޯދުމުގެ ޕްރޮގްރާމް "އަވިކަތަ" ތައާރަފް ކޮށްދެއްވީ ނައިބްރައީސް ފައިސަލް ނަސީމް އެވެ. 

ސްޓެލްކޯއިން މިފަދަ ސްކީމެއް ތައާރަފް ކޮށްފައި މިވަނީ ތެލަށް ބަރޯސާ ވާންޖެހޭ މިންވަރު ދަށްކުރުމާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުން އިތުރު ކުރުމަށެވެ. 

your imageސްޓެލްކޯއިން ގެއެއްގެ ފުރާޅުގައި ސޯލާޕެނަލް ހަރުކުރަނީ

މި ސްކީމުގައި ބައިވެރިވެވޭނީ ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމަށްފަހު މަދުވެގެން 100 އަކަފޫޓު ހުންނަ ފުރާޅަކަށް ވުމުން ނެވެ. އަދި ސޯލާ ޕެނަލް ހަރުކުރާ ފުރާޅެއްގައި 150 ކިލޯގެ ބަރުދަން ހުންނަން ވާނެ އެވެ. 

100 އަކަފޫޓަކީ ގާތްގަނޑަކަށް 10 ފޫޓު 10 ފޫޓެވެ. 

މި ސްކީމުގެ ދަށުން ގޭގެ ފުރާޅު ކުއްޔަށް ދިން ކަމުގައިވިނަމަވެސް ސޯލާ ޕެނަލްތައް ހަރުކުރުމާއި މަރާމާތުކުރުން ކުރިއަށްގެންދާނީ ސްޓެލްކޯއިން ނެވެ. 

ސްޓެލްކޯ އިން ބުނި ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކުރުމުގެ މަސައްކަތުުގެ ތެރެއިން، އެ ކުންފުނިން އިންޖީނުގެ ހިންގާ 20 ރަށެއްގައި ވަނީ ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ. 

އަދި މިހާރު ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން 4.6 މެގަ ވޮޓްގެ ހަކަތަ އެ ކުންފުނީގެ ގްރިޑަށް ވަދެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް