ads
ޔޯގާ ޑޭ ހަރަކާތް ހުއްޓުވުމަށް ބަޔަކު ދަނޑަށް ވަނުން:
ޔޯގާ ޑޭ ހަމަލާ: ދުނިޔޭގެ ސަމާލުކަމަށް
ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ކުރިއަށް ގެންދިޔަ އިވެންޓަށް ހަމަލާ ދިން މައްސަލަ ދުނިޔޭގެ ނޫސްތަކުގެ ފަލަސުރުހީއަށް އަރައިފިއެވެ.

މިގޮތުން ގިނަ ނޫސްތަކުން ސިފަކޮށްފައިވަނީ މިއީ ދީނީގޮތުން "ހައްދު ފަހަނައެޅި" މީހުން ދިން ހަމަލާއެއްގެ ގޮތުގައެވެ. 

"ޔޯގާ އަކީ އިސްލާމް ދިނާ ހިލާފުކަމެއް" ކަމަށް ބުނާ ބެނާތަށް އެމީހުން ހިފައިގެން ތިބިކަމަށާއި، އިވެންޓުގައި ތިބި މީހުންނަށް "ހައްދުފަހަނަ" އެޅި މީހުން ހަމަލާ ދިންކަމަށް ވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ. 

މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ޑޭ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި ހަ މީހަކު ވަނީ މިއަދު ހައްޔަރުކޮށްފައެވެ. 

އެ ހަރާކާތަކީ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިއަދު ހެނދުނު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. 

އެމީހުން އެތަނަށް ވަދެގަންފަވަނީ ޔޯގާ އަކީ ހިންދޫއިންގެ އަޅުކަމެއްގެ ގޮތުގައި ފާހަގަ ކުރާ ހަރަކަތެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ދަނޑު ބޭރުގައި ތިބެގެން އަޑު އުފުލުމަށް ފަހު އެވެ.

ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެތަނުގެ ތެރެއަށް ވަދެ އެތަނުގައި ޖަހާފައި ހުރި ދިދަ ދަނޑިތަކުންނާއި، ފުޅިފަދަ އެއްޗެހި ބޭނުންކޮށްގެން އެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ހަމަލާ ދިން ކަމަށް ވެއެވެ. އޭގެތޭރޭގައި އިންޑިއަން ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް