ads
ގަލޮޅު ދަނޑަށް ވަދެގަނެ އެތަނުން އެމީހުން ވަނީ ފައްސާލާފަ
ގަލޮޅު ދަނޑަށް ބަޔަކު ވަދެ ޔޯގާ ޑޭ ފާހަގަ ކުރަން ތިބި މީހުން ފައްސާލައިފި
ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ޔޯގާ ޑޭ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެގެނެ އެންމެން ފައްސާލައިފި އެވެ.

އެ ހަރާކާތަކީ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިއަދު ހެނދުނު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެތަނަށް ވަދެގަތް މީހުން ގޮވަމުން ދިޔައީ އެތަނުން ނިކުތުމަށެވެ. އެ މީހުން އެތަނަށް ވަދެގަންފަވަނީ ޔޯގާ އަކީ ހިންދޫއިންގެ އަޅުކަމެއްގެ ގޮތުގައި ފާހަގަކުރާ ހަރަކަތެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ދަނޑު ބޭރުގައި ތިބެގެން އަޑު އުފުލުމަށް ފަހު އެވެ.

މި ހަރަކާތް ބޭއްވުމަށަ ފުރަތަމަ ޔޫތު މިނިސްޓްރީން ނިންމީ ރަސްފަންނުގަ އެވެ. ނަމަވެސް އެ ހަރަކާތައް ރަސްފަންނު ދޫނުކުރަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކައުންސިލުން އޭރު ވެސް އެގޮތަށް ނިންމީ އެ ހަރަކާތައް ރަސްފަންނު ދޫނު ކުރުމަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށް އިއްޔެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އދ އިން ވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހަކީ ބައިނަލް އަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމާފަ އެވެ. އޭގެފަހުން ރާއްޖެވެސް އެ ހަރަކާތް ކޮންމެ އަހަރަކު ކަހަލަގޮތަކަށް ބާއްވަ އެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް