ރޭ އީގަލްސްއާ ވެލެންސިޔާ ކުޅުނު މެޗުން އީގަލްސް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މިއީ އީގަލްސްގެ ކޯޗުކަމާ މުހައްމަދު އާތިފް ހަވާލުވެ އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އާތީ އީގަލްސްއާ ހަވާލުވީ މި ފަހުން އޭދަފުށްޓަށް ކޯޗު ކޮށްދިނުމަށް ފަހުއެވެ.
ވެލެންސިޔާ މެޗުން މޮޅުވެ އީގަލްސްވަނީ ތޭރަ މެޗުން އެއް ތިރީސް ޕޮއިންޓް ހޯދާފައެވެ. އެއް ތިރީސް ޕޮއިންޓާއެކު އީގަލްސް އޮތީ ދެވަނައިގައެވެ. އެއްވަނައިގަ މާޒިޔާ އޮތީ ތެއްތިރީސް ޕޮއިންޓާއެކުއެވެ.