ads
މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހެެއްގެ މައްސަލައެއް ބަލަނީ
މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް ފުލުހުން އަނެއްކާވެސް ބަލަން ފަށައިފިއެވެ.
Advertisement

މ. އަލުވިމާގެ އާގެ އުމުރުން 40 އަހަރުގެ މުހައްމަދު ހިޝާމް މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ 22 އޭޕްރީލްގެ ހަވީރު 4:40 ހާއިރުއެވެ.

ފުލުހުން ބުނީ އޭނާގެ މަރުގެ މައްސަލަ ބަލަން ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މޯޗަރީގައިކަމަށެވެ. އަދި އޭނާގެ  ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާކުރިކަމަށާއި އެހެންނަމަވެސް އާއިލާއިން އެކަން ބޭނުންނުވާތީ މިއަދު ހިޝާމްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ. 

ހިސާމްގެ ހަށިގަނޑު ވަޅުލަން ބޭނުންވަނީ 29 އޭޕްރީލް ވަނަ ދުވަހު (މިއަދު) ކަމަށް އާއިލާއިން ބުނެފައިވާތީ، ހަށިގަނޑު، އާއިލާއާ 29 އޭޕްރީލް ވަނަ ދުވަހު ވަނީ ހަވާލުކޮށްފައި،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ހިޝާމް ޖަނާޒާގެ ކަންކަން ނިންމައި މިއަދު އަސުރު ނަމާދަށް ފަހު ވަނީ އާސަހަރާގައި ވަޅުލައިފައެވެ.

ހިޝާމްގެ އާއިލާއިް ބުނަމުން އަންނަނީ އޭނާ މަރުވެފައިވަނީ ގުދްރަތީ މަރަކުންކުންކަމަށެވެ. އެހެންނަމަވެސް މި މަރާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. 

ފަހަކަށް އައިސް ގޮތް ނޭގޭ ގޮތަށް މަރުވެފައި އޮއްވާ ފެންނަ މީހުން މައްސަލަތައް ވަނީ އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް