ads
ރައުދު މިއަދު މާލެ ގެނެސް އަނބުރާ ދޫނިދޫއަށް ގެންދަނީ
ތަހުގީގަށް މިއަދު ރައުދު މާލެ ގެނެސް އަނބުރާ ދޫނިދޫއަށް
ހ. މީޓާޒް ފުރަޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ތަހުގީގަށް މިއަދު މާލެ ގެނެސްފިއެވެ.
Advertisement

ހ. މީޓާޒް ފުރަޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިމަހުގެ 18 ވަނަދުވަހުއެވެ. އެހެންނަމެވެސް އެރޭ އޭނާއާއި އެކު އުޅުނު އުމުރުން 21 އަހަރުގެ ޒިލާލް ފުލުހުން ހައްޔަރުކުރީ މި މައްސަލާގައި އާއްމުގެ ފާޑުކިޔުންތައް ބޮޑުވެގެން ހާދިސާ ހިނގިތާ 6 ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހުއެވެ. 

ރައުދު މާލެ ގެނެސް އަނބުރާ ދޫނިދޫއަށް ގެންދާ ފޮޓޯއެއް އެކްސްގައި ވަނީ އާއްމުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ އޭނާ މާލެ ގެނައީ ތަހުގީގގުގެ ބޭނުމަކަށްކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ފުލުހުން އަދި ނުދެއެވެ. 

ރައުދު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުން އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސްދުވަހުގެ މުއްދަތު ޖަހާދީފައެވެ. މި މުއްދަތު މާދަމާ ހަމަވާނެއެވެ. 

ފުލުހުން ރައުދު ހައްޔަރުކުރީ އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ބުނެއެވެ. އެހެންނަވެސް ހައްޔަރުކުރި ފަހުން ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން އަންނަކަން އިއްޔެ ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި ރައުދުގެ މައްޗަށް ކޮންމެވެސް ވަރެއްގެ ހެކި އެބަހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯގެއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމަށް ރައީސް ޑރ. މުހައްމަދު ވަނީ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. މި ކޮމިޝަނުން މާދަމާ ނޫސްވެރިންނާ ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް