ads
ރިޔާޒް މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި
މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފި
ރަށްރަށުގެ ކޯޓުތަކުގައި ތިއްބަވާ، މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅުއްވާ އެމްއެންޕީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، މެޖިސްޓްރޭޓުންނަކީ ރަށްރަށުގައި ވަރަށް ބުރަކޮށް އުޅުއްވާ ބޭފުޅުން ކަމަށާއި އެބޭފުޅުން އެކުރައްވާ މަސައްކަތާ އެއްވަރު އުޖޫރައެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. 

އަދި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ވިސްނުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފައިދާއެއް، މަންފާއެއް ވާނަމަ އެކަމަކަށް ތާއީދުކުރުން ކަމަށާއި ދިވެހިންނަކީ ފުދުންތެރި ރައްޔިތުންތަކެއްކަމަށް ހެދުން ކަމަށެވެ.

"މާލީ ވަޒީރު އަދި ޕޭ ކޮމިޝަނުން މީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ކޮމިޓީއަށް ލަފާ ދީފައިވާތީ އަދި މެޖިސްޓްރޭޓުންގެ މުސާރައަކީ މިއަހަރުގެ ބަޖެޓުގައިވެސް ހިމެނޭ ކަމަކަށް ވާތީ ހުށަހެޅުން ފާސްކުރަން ހުށަހަޅަން" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ މިކަމަކީ މިއަހަރުގު ބަޖެޓުގައިވެސް ހިމަނާފައިވާ ކަމެއް ކަމަށާއި ފިނޭންސް މިނިސްޓރީއާއި ނެޝަނަލް ޕޭ ކޮމިޝަނުންވެސް ކުރަން ފެންނަ ކަމަށް ލަފާދީފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީން އެދިފައިވާގޮތަށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅުއްވާފަ ވެއެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްގަފޫރު މޫސާ އެވެ.

މި ހުށަހެޅުން ފާސްވީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް