ފުލުހުން ބުނީ އެއާޕޯޓަށް ވަންނަ މަގުގައި ހަދާފައި ހުރި ގިޑިގެއެއް ވައިގަދަވުމުގެ ސަބަބުން ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ މެންދުރު 13:30 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ އެމަގުން ދަތުރުކުރާ ވެހިކަލަކަށްވެސް ގެއްލުމެއް ނުލިބޭކަމަށް ފުލުހުން ބުނެއެވެ. އެހެންނަވެސް އެ ހާދިސާ ހިންގުމުން މަގު ބްލޮކްވެ ޓްރެފިކަށް ހުރަސް އެޅުނުކަމަށް ފުލުހުން ބުނެއެއެވެ.
ގިޑިގެ ވއްޓުނުތާ މާގިނައިރުތަކެއް ނުވަނީސް އެމްއޭސީއެލް މުވައްޒަފުން ގުޅިގެން އެ ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މާ ގިނައިރުތަކެއް ނުވަނީސް މަގު ހުޅުވާލާފައިވާކަމަށް ފުލުހުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 50 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އުދައެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.