ads
ސިވިލް ސާވިސް ކޮމިޝަން މެމްބަރުން
ސީއެސްސީގެ 3 މެމްބަރުންގެ ދައުރު ހަމަވަނީ، ކުރިމަތިލާން ހުޅުވާލައިފި
ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ތިން މެމްބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުަަތު ހުޅުވާލައިފިއެވެ.
Advertisement

ސިވިލް ސާވިސް ކޮމިޝަނުން ދައުރު ހަމަވާ މެންބަރުންނަކީ ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހާއި، މުހައްމަދު ފަރުޝަތުގެ އިތުރުން، ފާތިމަތު ޝަރީފެވެ. މި ތިން ބޭފުޅުންވެސް ކޮމިޝަނަށް އައްޔަނުކުރީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހެވެ. މި އަހަރުގެ ސެޕްޓެންބަރު ތިންވަނަ ދުވަހަށް މި ބޭފުޅުންގެ ދައުރު ހަމަވާނެއެވެ.

ރައީސް އޮފީހުން ބުނީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަަތު މިއަދުން ފެށިގެން އަންނަ މަހުގެ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. 

މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް