ދާދިދެންމެއަކު އެޗްޕީއޭއިން ދާދި ދެންމެއަކު އިއުލާންކުރި ގޮތުގައި، ކުޑަކުދިންގެ ތެރެއިން ބޫސްޓަ ޑޯޒް ޖަހާނީ، 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެއީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަވާތާ ހަ މަަސްވެފަވާ ކުދިންނަށެވެ.
ކުޑަކުދިންނަށް ތިންވަނަ ޑޯޒް ޖަހަންފަށަން ނިންމިއިރު، 65 އަހަރުން މަތީގެ މީހުންނާއި، ހައިރިސްކު މީހުންނަށް ހަތަރުވަނަ ޑޯޒް ޖަހަން ފަށަންވެސް މިރޭ ވަނީ ނިންމާފަ އެވެ.
ކުޑަކުދިންނަށް ތިންވަނަ ޑޯޒް، އަދި ބޮޑެތި މީހުންނަށް ހަތަރުވަނަ ޑޯޒް މާދަމާއިން ފެށިގެން ޖަހަން ފަށާނެވެ.