ads
ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން ނެގި ލޯނު އެއްބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ލެބޯޓްްރީ ހެދުމަށް 300 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި
ސިއްހީދާއިރާގެ ކަންކަމަށް ހަރަދުކުރަން 300 މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން މިއަދު ނަގައިފި އެވެ.

ސިއްހީ ދާއިރާގެ ކަންކަމަށް ހަރަދު ކުރުމަށް ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން ނެގި ލޯނަކީ 18.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ)ގެ ލޯނެކެވެ. ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. 

މި ލޯނު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާއަށް ހާއްސަކޮށް ގައުމީ ލެބޯޓަރީ އެއް ހެދުމާއި، ރާއްޖެތެރޭގެ ރަށްރަށުގައި ކޮވިޑު ބަލީގެ ފަރުވާ ދިނުމަށް ގާއިމުކުރާ ކޮވިޑް ފެސިޓީތައް ގާއިމުކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. 

މި ސަރުކާރުން ވަނީ މީގެ ކުރިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ކްރެޑިޓް ލޯނެއް ވެސް ނަގާފަ އެވެ. 

އެއީ ރާއްޖެއަށް ދިމާވި ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި މިދިޔަ އަހަރުގެ ކުރީކޮޅު ނަގާފައިވާ 20 މިލިއަން ޔޫރޯ (326.3 މިލިއަން ރުފިޔާ)ގެ ކްރެޑިޓް ލައިނެ ކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް