ads
ހުޅުމާލޭގައި ހަދަން ފަށައި ނުނިމި ހުރި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް
ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ އަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދަންޖެހޭ: ކޮމިޓީ
ފުލުހުންނާއި ސިފައިންނަށް އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ އަގު ކުޑަކުރެވޭނެ ގޮތެއް ހޯދަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން މިއަދު ފާސްކޮށްފި އެވެ
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލިޔާސް ލަބީބް މިއަދު ވިދާޅުވީ އެ މައްސަލައިގެ ކޮމެޓީގެ ރެކޮމެންޑޭޝަން ތައް ހިމެނުމަށްފަހު ރިޕޯޓު މިއަދު ފާސްކޮށްފައިވާ ކަމަށެވެ. 

އިލިޔާސް ވިދާޅުވީ ކޮމެޓީގެ ރިޕޯޓުގައި މިހާރުގެ ފުލެޓުތަކުގެ އަގު ބަލައި އެ އަގުތަކަށް ފެތޭނެ ފަދަ ގޮތަކަށް އަގު ކުޑަކުރުމަށް ރިކޮމެންޑް ކުރުމާއި، މި ޓަވަރުތަކުގައި ހަދާފައިވާ ވިޔަފާރިއަށް ހާއްސަ ތަންތަން ކުއްޔަންދީގެން ލިބޭ އާންމުދަނީއިން ތަނުގެ ކުލި ދެއްކުމަށް ހެދިދާނެ ގޮތްތަކާއިބެހޭގޮތުން ކޮމެޓީގައި މަޝްވަރާކުރި ކަމަށެވެ. 

އިލިޔާސް ވިދާޅުވީ މި ދެ މުއައްސަސާގެ ފުލެޓުތަކުގެ މަސައްކަތްވެސް ނުނިމި އެތައް ދުވަހެއް ވަންދެން އޮތުމުން އެ ފުލެޓުތަކަށް އަންދާޒާކުރާ ވަރަށްވުރެ ހަރަދު ބޮޑުވެ މަސައްކަތް ނުނިމި ލަސްވާ ކަމަށެވެ. 

"ކޮމެޓީގެ ރިޕޯޓް މިއަދު ނިމިއްޖެ. ދެން އޮތީ މި މައްސަލައަށް ތަޅުމުގައި ބަހުސް ކުރުން. ރިޕޯޓުގަ ހިމަނާފަ ވާނެ ކުލި ދައްކާނެ ގޮތް ކުޑަކުރަން ކޮމާޝަލް ތަންތަންވެސް ކުއްޔަށްދީގެން ލިބޭ ފައިސާ ކުލީގެ އަގުގައި ހިމަނަން. އަދި މިހާރު ހުރި އެހެނިހެން ފުލެޓުތަކުގެ ކުއްޔާ މިތަނުގެ ކުއްޔާވެސް އަޅާ ކިޔަންޖެހޭނެ ގޮތަކަށް މަޝްވަރާކުރީ." އިލިޔާސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް ލަސްވާތީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ)އާއި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް އެސްއޯއީ ކޮމެޓީއަށް ވަނީ އެ ދެކުންފުނީގެ ވެރިން ހާޒިރުކޮށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސުވާލުކޮށްފަ އެވެ. 

ފުލުހުންނަށް ހާސަކޮށްގެން އިމާރާތްކުރާ ފްލެޓުތައް އިމާރާތްކުރުމަށް ޕްލޮކޯ ކުންފުންޏާ ހަވާލުކުރީ 2012 ވަނަ އަހަރުގައެވެ. އަދި ސިފްކޯއިން ސިފައިންގެ ފްލެޓުތައް އެޅަން ފެށީ 2013 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް