ހަބަރު /
ހުމާއި ރޯގާ އަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ވަނީ ކްލިނިކެއް ގާއިމުކޮށްފަ
ރިޟްވާން މޫސާ
25 ޖޫން 2022 - 11:17:56
ހުމާއި ރޯގާ ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާތީ ސަމާލުވުމަށް އެ ހޮސްޕިޓަލުން އެދެފި އެވެ.
އައިޖީއެމްއެޗު ހޮސްޕިޓަލުގައި މިހާރުވަނީ ފްލޫ ކްލިނިކެއްގެ ހިދުމަތްވެސް ދޭން ފަށާފަ އެވެ.
ކްލިނިކް ހުޅުވާފައި ހުންނަނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
ހުމާޢި ރޯގާ ޖެހޭ މިންވަރު އިތުރުވަމުން އަންނަ އިރު ކޮވިޑްގެ ކޭސްތައްވެސް މިދުވަސްވަރު އިތުރުވަމުން އަންނާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ މޭއި މަހު 13،361 މީހަކަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު، 185 މީހަކަށް ޑެންގޫ ވެސް ވަނީ ޖެހިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް