ads
ކ.ގުރައިދޫ...
ގުރައިދޫގައި ހުރި ގެސްޓް ހައުސް އެއް ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ކ. އަތޮޅު ގުރައިދޫގައި ހިންގަމުން އަންނަ ގެސްޓު ހައުސް އެއް ތެރެއިން މަރުވެފައި އޮތް ފަތުރުވެރިޔަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގުރައިދޫގައި ހުންނަ ގެސްޓު ހައުސް އެއްގެ ކޮޓަރިއެއްގެ ތެރެއިން މީހަކު މަރުވެފައި އޮތްވާ ފެނިގެން ރިޕޯޓް ކޮށްފައި ވާކަމަށެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ، އިއްޔެ އިރުއޮއްސި 18:47 ގައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގެސްޓު ހައުސްގެ ކޮޓަރިއެއް ތެރެއިން މަރުވެފައި އޮތް މީހާ ފެނުނީ އެ ކޮޓަރިން ކުނިވަސް ދުވާތީ އެކަމާއި ގުޅިގެން އެ ގެސްޓު ހައުސްގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އެތަން ބެލުމުންނެވެ. 

މިކަމާއި ގުޅިގެން އެރަށުން "ސީއެންއެމް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، ގެސްޓު ހައުސް ތެރޭ މަރުވެފައި އޮތްވާ ފެނުނީ، އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށާއި، އެމީހާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޑޮކްޓަރަށްވެސް ދައްކާފައި ކަމަށެވެ. 

އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ގެސްޓު ހައުސް އަށް އައިސް އޭނާ ހުރި ކޮޓަރިއަށް ވަނުމުގެ ކުރިން، އޭނާ އަށް އުނދަގޫ ނުކުރުމަށާއި، ކާ އެއްޗެހިވެސް ކޮޓަރީގެ ދޮރުމަތީ ބެހެއްޓުމަށް އޭނާ ބުނިކަމަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން މައުލޫމާތު ދިން ފަރާތުން ބުނީ، އަންހެން މީހާގެ ހަށިގަނޑު ރަށު ހޮސްޕިޓަލަށް ގެންދިއުމުން އޭނާ މަރުވެފައި އޮންނަތާ ދުވަހެއް ވަރު ވެދާނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވަނީ ބުނެފަ އެވެ. 

މި ފަތުރުވެރިޔާގެ މަރާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް